މި ދެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
މާޅެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ލަފާފުރުން ހައްލުކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުުރުމަށްޓަކައި ތޮށިލުމާއި ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ރަށުގެ ހުޅަނގު ފަރާތުގައި ޖެޓީ ގާއިމުކުރެވިގެންދާނެއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 34.9 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
ދިގުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 12.8 މިލިއަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.