ads
އެމްއޭސީއެލްއާއި ކެއާ ސޮސައިޓީއާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން
އެމްއޭސީއެލްއާއި ކެއާ ސޮސައިޓީއިން ތިން އެއްބަސްވެއްގައި ސޮއިކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ކެއާ ސޮސައިޓީއާއި ދެމެދު ތިން އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ އެމްއޭސީއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ކެއާ ސޮސައިޓީއާއި ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުންތަކުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އަދި ކެއާ ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

އެމްއޭސީއެލްއިން ވަނީ ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް އެމްއޭސީއެލްގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމަށް އެއްބަސްވެފަ އެވެ. މީގެ އިތުރުން ކެއާ ސޮސައިޓީގެ އިތުރު ދެ ކުދިންގެ ވޮކޭޝަނަލް ޓްރެއިނިންއަށް އެއް އަހަރުގެ ސްކޮލަޝިޕްއެއްވެސް ދީފަ އެވެ.

your imageއިންޓާންޝިޕް އަދި ސްކޮލަޝިޕް ލިބުނު ދަރިވަރުންނާއި އެމްއޭސީއެލް އަދި ކެއާ ސޮސައިޓީގެ އިސްވެރިން. -- ފޮޓޯ: ސީއެންއެމް

މީގެ އިތުރުން އެމްއޭސީއެލްއިން ވަނީ އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ކެއާ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އެއްބަސްވެފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެމްއޭސީއެލްގެ އިންޓާންޝިޕަށް ހޮވުނު ހަތަރު ކުދިންނަށް ވަނީ ލިޔުން ހަވާލުކޮށްފަ އެވެ. އަދި ސްކޮލަޝިޕް ލިބުނު ދެ ކުދިންނަށްވެސް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތޯހާ ވިދާޅުވީ އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް