ads
ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު: ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ވަނީ އައްޔަންކުރައްވާފައި - ފޮޓޯ:ޕީސީބީ
ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންސޫރު
ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (ކޭއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު އައްޔަންކުރައްވައިފިއެވެ.

ކައްދޫ އެއާޕޯޓް ހިންގާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާމަންކަމުގެ މަގާމަށް ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފައިވާކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ޕީސީބީން ބުނެފައިވަނީ ކޭއޭސީއެލްގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ޒަކަރިއްޔާ މަންސޫރު އައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

ޒަކަރިއްޔާ މަންސޫރު ވަނީ މާސްޓަ އޮފް އާޓްސް އިން ސްޓްރެޓެޖިކް ސެކިއުރިޓީ ސްޓަޑީސް ހާސިލް ކުރައްވާފައި ކަމަށާއި މިލިޓަރީގެ ތަފާތު ގިނަ ދާއިރާއިންނާއި ކައުންޓަ ޓެރަރިޒަމް ދާއިރާއިން ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައި ކަމަށް ޕީސީބީން ބުނެއެވެ.

ޕީސީބީން ބުނި ގޮތުގައި ޒަކަރިއްޔާ މަންސޫރު ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު 39 ހިދުމަތް ކުރައްވާ ލީޑަޝިޕްގެ ގިނަ މަގާމުތަކެއް ފުރުއްވާ ގިނަ އެޕޮއިންޓްމަންޓްތަކެއް އަދާކުރައްވާފައި ކަމުގައެވެ. ކޭއޭސީއެލް އުފެއްދުމާ އެކު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ޒަކަރިއްޔާ މަންސޫރު ވަނީ މީގެ ކުރިން އަދާކުރައްވާފައި ކަމަށް ޕީސީބީން ބުނެއެވެ.

ޕީސީބީން ބުނީ ޒަކަރިއްޔާ މަންސޫރު މިހާރު އަދާކުރައްވަމުން ގެންދަވަނީ ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް