ads
ކެރެލާ ފައިލްސްގެ މަންޒަރެއް
އެންމެ ފަހުން ކަންގަނާ ލޭމައްޗަށް ގޮސްފި
ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ އަދަހް ޝަރުމާ ލީޑު ރޯލުން ފެންނަ "ކެފެލާ ފައިލްސް"ގެ މައްސަލާގައި ބަތަލާ ކަންގަނާ ރަނައުތް ވަރަށް ބޮޑަށް ރުޅިގަދަވެ ވާހަކަ ދައްކައިފިއެވެ.
Advertisement

ކެރެލާ ފައިލްސް އަކީ އިންޑިއާގެ ހިންދޫ އަންހެން ކުއްޖަކު ގަދަކަމުން އިސްލާމްދީނަށް ވައްދާ އައިއެސްގެ ހަނގުރާމައަށް ފޮނުވާ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ މައްސަލަ ހޫނުވެ ފިލް މަނާކުރުމަށް އެގައުމުގެ ހައިކޯޓަށް މައްސަލަވެސް ހުށަހެޅިއެވެ.

ނަމަވެސް ހައިކޯޓުން ވަނީ ފިލްމު މަނާކުރުމަށް އަމުރު ދޭން ދެކޮޅު ހަދާފައެވެ.

ފިލްމާ ގުޅޭގޮތުން ބަހުސްކުރާ ފަރާތްތަކުން ބުނަމުންދަނީ އެ ފިލްމަކީ ކަޝްމީރު ފައިލް ފަދަ، އިންޑިއާގެ މުސްލިމުންނާ ހިންދޫންނާ ދެމެދު ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ފިލްމެއް ކަމަށެވެ.

އާއްމުކޮށް އިންޑިއާގެ މުސްލިމް ތަރިންނާ ގުޅޭކަންކަމުގައި ފާޑުކިޔާ ކަންގަނާ މިފަހަރު ރުޅިއައީ އެ ފިލްގެ ސަބަބުން ހަމަނުޖެހުމަކަށް މަގުފަހިވެދާނެކަމަށް ބުނާތީއެވެ.

ކަންގަނާ ބުނީ އެގައުމުގެ މަތީ ކޯޓަކުން ފިލްމާ ގުޅޭގޮތުން ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އަދި ފިލްމު ބޭން ކުރަން ނުޖެހޭކަން ހައިކޯޓުން ނިންމުމުން ދެ އެކަމުގައި ބަހުސްކުރަން ނުޖެހޭކަމަށެވެ. އަދި އެ ފިލްމުގެ ސަބަބުން ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބުނާ މީހުން އަމިއްލައަށް ތިމާމެންނަކީ ޓެރަރިސްޓުންތޯ ސުވާލު ކުރުމަށްވެސް ކަންގަނާވަނީ އެދިފައެވެ.

ކަންގަނާއަކީ ބޮލީވުޑްގެ ގިނަ ބަޔަކާއި ގުޅުން ކުޑަ އަދި އޭނާގެ ބަހުރުވަ ހުންނަގޮތުން ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އޭނާއާއެކު މަސައްކަތް ކުރަން ބޭނުންނުވާ ބަތަލާއެވެ. ކަންކަގާ ނިސްބަތްވަނީ އުތުރު އިންޑިއާގެ ހިމާޗަލް ޕްރަދޭޝް އަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް