ads
އުމަރު ނަސީރު
ރައީސްގެ ސިޓީފުޅުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކޮށް ދިނުމަށް އެދި އުމަރު ނަސީރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
Advertisement

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކޮށް ދިނުމަށް އެދި އުމަރު ނަސީރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލިނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް އަދި ނެތެވެ. 

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން އަދި އެހެން ދެ މީހެކެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަންނަށް ނިންމެވީ އެ ކޯޓުގެ ރަޖިސްޓްރާއެވެ. 

މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ. އެ ސިޓީފުޅު އޭރު އެގޮތަށް ފޮނުއްވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުންނެވެ.

އެ ސިޓީފުޅުގެ ޑްރާފްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސިޓީއެއްގެ ޑްރާފްޓެއް ލީކުކޮށްލާފައިވީ ނަމަވެސް އެއީ އަސްލެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ އެ މައްސަލާގައި އެދިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅު ބާތިލްކޮށް ދިނުމަށާއި އަދި އެ ސިޓީތައް ހާމަކުރުމުގެ އިތުރުން އެކަމުގައި ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލްކޮށް ދިނުމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް