އައިލެންޑް އޭވިއޭޝަނުން ބުނީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދަރަވަންދޫއަށް ދަތުރުތައް ފަށާއިރު ފުރަތަމަ ދަތުރު ކުރާނީ ހާއްސަ ފެއާއެއްގައި ކަމަށެވެ.
އަދި އަންނަ ފަހްތާގެ އާދިއްތަ ދުވަހުން ފަށައިގެން އެ މަންޒިލަށް ބުކިން ހެދޭނެކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
ދަރަވަންދޫ އެގޮތުން އެއްކޮޅު ޓިކެޓުގެ އަގަކީ 1125 ރުފިޔާ އެވެ. ނަމަވެސް ކުރިއާލާ ޓިކެޓް ނަގާނަމަ 859 ރުފިޔާއަށް ޓިކެޓް ލިބޭނެ އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
މޯލްޑިވިއަންގެ އިތުރުން ވިލާ އަދި މަންތާ އިން ދަރަވަންދޫއަށް ދަތުރު ކުރެއެވެ.