ދިވެހިރާއްޖެއަކީ ޖޯގްރަފީގެ ގޮތުން ތަފާތު ގައުމެކެވެ.
ދިވެހިރާއްޖޭގެ ރަށްރަށުގައި އިންސާނުން ކައިބޮއެ އުޅެން ހުރި ވަސީލަތްތައް އެހާ މަދެވެ. މިހެންކަމުން މިއަދު މިފެންނަ ގިނަ ބާވަތްތަކުގެ ތަރުކާރީ އަދި މޭވާއަކީ ރާއްޖެއަށް އެކި ދުވަސްވަރުތަކުގައި އިންޕޯޓުކޮށްފައިވާ ތަކެއްޗެވެ.
ދިވެހިންގެ 2000 އަހަރަށްވުރެ ދިގު ތާރީހު ބަލައިލިކަމުގައިވީނަމަވެސް، ކާށި އެތެރެކޮށްގެން ކާން ފެށި ބަޔަކީ މި ޒަމާނުގައި ދިރިއުޅޭ ދިވެހިންނެވެ.
މިސާލަކަށް ބަނބުކޭލާ މެދު ވިސްނަވާށެވެ. ތާރީހީ އިލްމުވެރިން ވިދާޅުވާގޮތުން މީލާދީން 1766 ގެ ކުރިން، ދިވެހިން ކައި އުޅުނު ތަކެތީގެ ތެރޭގައި ބަނބުކޭލެއް ނުހިމެނެއެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ބަނބުކެޔޮ ގަސް ތަޢާރަފް ކުރެއްވީ، އައްސުލްތާން ޣިޔާސުއްދިންގެ ރަސްކަމުގައިކަމަށް ގިނަބަޔަކު އެއްބަސްވެއެވެ.
ކާއްޓަކީ ދިވެހިން ރަށްރަށުގައި ވަޒަންވެރިވާން އެހީވެދިން އެއްޗެއް:
ފޯކްލޯ އަކީ އެކަމުގައި ކޮންމެވެސް މިންވަރެއްގެ ހަގީގަތްތަކެއް އެކުލެވޭ ވާހަކަތަކެއް ކަމަށް، ތާރީހީ އިލްމުވެރިން ވިދާޅުވެއެވެ. މިހެންކަމުން މަތީގައި ދެންނެވުނު ފޯކްލޯއިން ވެސް ދޭހަވާ އެއްކަމަކީ ދިވެހިން ރާއްޖޭގައި ވަޒަންވެރިވުމުގައިވެސް ކާށި ނެތްނަމަ އެ ވަޒަންވެރި ވީ ބަޔަކު ސަލާމަތް ނުވީސްކަމެވެ.
ކާށި ވަނީ އެތައް ފަހަރަކު ދިވެހިން ސަލާމަތް ކޮށްދީފަ:
މިއީ ދިވެހިންނާއި ރުކާއި ގުޅިފައި އޮތް މިންވަރެވެ. ނަމަވެސް ރުކާމެދު ދިވެހިންގެ މިހާބޮޑު ޝައުގުވެރިކަމެއް އުފެދުނީ އެ ރުށްތަކުގައި އަޅާ ކުރުނބާ އަދި ކާށިފަދަ ތަކެތީގެ މުހިންމުކަން ބޮޑުކަމުންކަމަށް ބެލެވެއެވެ.
ދިވެހި ރުކުގެ ލަކުޑިއަކީ ވެސް އޮޑި ދޯނި ފަހަރު ބަނުމަށާއި، ގެދޮރު އިމާރާތްކުރުމަށް ވެސް ބޭނުންކުރި މޮޅު ލަކުޑިއެކެވެ.
ރުކުގެ އެކި ބައިތަކުން ދިވެހި ބޭސްވެސް ހަދައެވެ.
ކާއްޓާއި މިނިވަންކަމާ އޮތް ގުޅުން:
ދިވެހިރާއްޖެއަކީ މީސްކޮޅު މަދު ބިންކޮޅު ކުޑަ ޖަޒީރާ ރަށްތަކެއް ނަމަވެސް، އަޅުގަނޑުމެންގެ ކާބަފައިންވެސް މިނިވަންކަމާއެކު ދިރިއުޅެވުނީ އެހެން ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކަމުންނެވެ. މިސާލަކަށް ކައިރީގައިވާ އަވަށްޓެރި އިންޑިއާ އަދި ޗައިނާ ފަދަ ގައުމުތަކުން މި ޒަމާނުގައި މިވާޒާތުގެ އެހީ ނުވިއަސް ދިވެހިން ތިބީ ފުދިފައެވެ.
މި ފުދުންތެރިކަމިގެ ފަހަތުގައިވާ އެއް ތަނބަކީ ދިވެހި ރުކެވެ. ދިވެހި ރުކުން ކާން ލިބެއެވެ. ގެއަޅަން ލަކުޑި ލިބެއެވެ. ގޭގެ ފުރާޅުއަޅަން ފަން ލިބެއެވެ. ރޯނު ލިބެއެވެ. ރުކުރާ ލިބެއެވެ. ދިޔާ ހަކުރު ލިބެއެވެ. މިހެން ގޮސް ނަން ހުސްކޮށް ދިވެހި ރުކުގެ ބޭނުން އަޅުގަނޑުމެންގެ ކާބައިން ހިފިއެވެ.
ފާއިތުވީ ދެ ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ވަނީ އަވަށްޓެރި އިންޑިއާ ފަދަ ގައުމުތަކުން ކާށި އެތެރެކުރަން ފާށާފައެވެ. ކާށި އައިސް ރާއްޖޭގައި މިލިޓަރީ ބޭހެއް ނޭޅިއެއް ކަމަކު އެހެން ގައުމުތަކުން ކާށި އެތެރެކޮށްގެން އެ ތަކެތިން ކައިބޮއެ އުޅުން ވާނީ ދިވެހިންނަށް ކާބަފައިން ހޯދައިދެއްވި މިނިވަންކަމަށް ވެސް ގޮންޖެހުން ފަދަ އަމަލަކަށެވެ.
ސަބަބަކީ ދިވެހި ކާއްޓަކީ އެތައް ހާސް އަހަރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ގިނަ ބޭނުންތައް ފުއްދައިދިން ދިވެހިންގެ ގައުމީ ގަސް ކަމުގައި ވާތީއެވެ.