ކުވައިތުގެ ފުލުހުންނާ ހަވާލާދީ މެދުއިރުމަތީގެ ބޮޑެތި ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އޭނާގެ އަންހެނުންނަކީވެސް އިންޑިއާ މީހެކެވެ.
ފުލުހުން ބުނީ އިމާރާތެއްގެ މަތިން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބިގެން ގޮސް ބެލިއުރި ފިރިހެން މީހާވެސް މަރުވެފައިވާ ކަމަށެވެ.
އަދި އޭނާގެ އެޕާޓްމަންޓަށް ފުލުހުން ވަތް އިރު އަނބިމީހާވެސް ޒަހަމް ތަކަކާއިއެކު މަރުވެފައި އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކައިރީގައި ވަޅިއެއް އޮތްކަމަށްވެސް ފުލުހުން ބުނެއެވެ.
ހާދިސާ ހިނގުމުގެ ކުޑަ އިރުކޮޅެއް ކުރިން އެ ދެމީހުން ވަރަށް ގަދަޔަށް ޒުވާބުކުރާ އަޑު އިވުނުކަމަށް އަވަށްޓެރިންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.