ads
ޓީއެފްޖީގެ ޖިމްގައި ރައީސްގެ ދެކަނބަލުން
ޓީއެފްޖީގެ ޖިމް ރައީސްގެ ދެކަނބަލުން ހުޅުއްވާދެއްވައިފި
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހުޅުވައިދެއްވައިފި އެވެ.

މިއަދު ހުޅުވުނު މި ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި އެއްފަހަރާ ޖުމްލަ 200 މީހުންނަށް ހިދުމަތް ދެވޭނެއެވެ.

މި ސެންޓަރުގައި އެކްސަސައިޒް ސައިންސް އެންޑް ޓެސްޓިން ރޫމެއްގެ އިތުރުން ކޮންޕްރެޝަން ތެރެޕީ ރޫމެއްވެސް ހިމެނެއެވެ. 

މީގެ އިތުރުން، އަންހެނުންނަށް އަދި ފިރިހެނުންނަށް ހާއްސަ ޗޭންޖިން ރޫމާއި، "އައިސް ބާތު" އަދި "ސްޓީމް ރޫމް" ތައް މި ސެންޓަރުގައި ހިމެނެއެވެ. 

މީގެއިތުރުން ކުޅިވަރުގެ ތެރެއިން އެތްލީޓުންނަށް ލިބޭ އަނިޔާތައް އަވަހަށް ފަސޭހަކުރުމަށް ހާއްސަކޮށް "ހީލާ" ރޫމެއްވެސް މި ސެންޓަރުގައި ހިމެނެއެވެ. މިއަދު ހުޅުވުނު މި ސެންޓަރުގައި "ޖިމް އެންޑް ކެރީ"ގެ ނަމުގައި 42 ގޮނޑީގެ ޖާގައިގެ ކެފޭއެއްވެސް ހުރެއެވެ.

ޓީ.އެފް.ޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ފެސިލިޓީގައި ހުދުމަތްދޭ ތަންތަން ބައްލަވާލައްވައި އެތަންތަނުން ލިބޭ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް