ރާއްޖޭގެ އޮންލައިން ނޫހަކުން ބުނީ އެ ނޫނުން ފެންމަތިކުރި، އެ މައްސަލަ ބަލަމުން ގެންދާކަން ފުލުހުން އެނޫހަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އިންސްޓާ ގްރާމްގައި، ބަރަހަނާ ފޮޓޯތައް އާއްމު ކުރަމުންދާ އެ އަންހެން މީހާ އެކަން ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.
މޫނު ނުފެންނަ ގޮތަށް ނަގާފައިވާ ގިނަ ފޮޓޯތައް ނަގާފައިވެސް ހުންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާއްމު ސަރަހައްދު ތަކުގައެވެ. އަދި ފުލް ފޮޓޯތަކާއި ވީޑިއޯތައް ބަލަން ބޭނުން ނަމަ އެ ފޮޓޯތަކާއި ވީޑިއޯތައް އާއްމުކޮށްފައިވާ ވެބްސައިޓްތަކަށް ވަނުމަށް އޭނާ އެދެއެވެ.
އަދި އެކަމަށް އޭނާ އަގުވެސް ނަގަމުން ގެންދެއެވެ. ބޭރުގެ ބަރަހަނާ ސައިޓްތަކަށް ފޮޓޯތައް ވިއްކަމުންދާ އަންހެން މީހާ ބުނަގޮތުން އޭނާއަކީ ދިވެހި "ޕޯން ސްޓާ" އެކެވެ.