ads
އިންޑޮނޭޝިއާގެ އާއިލާއެއް ގަބުތުތަކެއް ކައިރީ
ގަބުރުތައް ވަޅުން ނަގާ، ރީތިކޮށް ގަހަނާ އަޅުވާ ބައެއް
އިންޑޮނޭޝިއާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު މުސްލިމް އާބާދީ އެވެ. ނަމަވެސް އެގައުމުގައިވެސް ގަބޫލުކުރަން ދަތި އެތައް ކަމެއް ހިނގައެވެ.
Advertisement

އިންޑޮނޭޝިއާގެ އާބާދީގެ ބޮޑު ބަޔަކީ ކުޅިވަރާ މިއުޒިކާއި ނެށުމަށް ފޯރި ހުންނަ ބައެކެވެ. އެމީހުންގެ ތެރޭގައި ހުރި ބައެއް އާދަތަކަކީ ބަޔަކަށް ހިތައް ވެސް ގެންނަން ފަސޭހަ ކަމެއް ނޫނެވެ.

ހާއްސަކޮށް އިންޑޮނޭޝިއާގެ ކްރިސްޓިއަން ބައެއް ގަބީލާ ތަކުގައި އެމީހުންގެ އާއިލާގެ މީހުން މަރުވުމުން ހާއްސަކޮށް މައިން ބަފައިން މަރުވުމުން ދެން ކަން ކުރަނީ މީހަކަށް ހިތައް ގެންނަން ވެސް ފަސޭހަ ގޮތަކަށް ނޫނެވެ.

ދުނިޔޭގެ މަޝްހޫރު މީޑިއާތައް ކަމަށްވާ، ގާޑިއަން އާއި ބީބީސީ އާއި ސީއެންއެން އަދި އެހެން ވެސް ބޮޑެތި މީޑިއާތަކުގައި މިކަމާ ގުޅޭގޮތުން އެތައް ރިޕޯޓެއް ގެނެސްދީފައި ވެއެވެ. ހާއްސަކޮށް އާއިލާ މީހުން މަރު ވުމުން އެމީހުންގެ ގަބުރާ އެކު އާއިލާ އެތައް އަހަރެއް ވަންދެން ދިރިއުޅެމުން ގެންދާ ހާދިސާ ތަކުގެ ރިޕޯޓެވެ.

your imageގަބުރެއް ވަޅުންނަގާ ރީރިކޮށް ފައި

އެގޮތުން މައިން ބަފައިންނާއި ދަރިން މަރުވުމުން ގަބުރު ކުނިނުވާގޮތަށް ހަދާ، ޒީނަތްތެރިކޮށްފައިވާ ސަންދޯކެއްގައި ގޭގައި ބާއްވައެވެ. އަދި ގަބުރު ރީތިކޮށް މޭކަޕްކޮށް ހުވަނދު ލަ ހަދައެވެ. އެތައް އަހަރެއް ފަހުން ގަބުރުސްތާނަށް ގެންގޮސް ގަބުރު ވަޅުލައެވެ.

އެވަރުން ވެސް އެމީހުން ނުހުއްޓަ އެވެ. އެ ގަބީލާތަކުގެ މީހުން ފާހަގަ ކުރާ ހާއްސަ ދުވަސް ދުވަހު އެ ގަބުރުތައް އަނެއްކާ ވެސް ސަންދޯކުން ނަގައި، ޒީނަތްތެރި ކުރުވާ މަގުތަކުގައި ގަބުރުތަކާ އެކު ހިނގަ އެވެ. މިކަން ދުނިޔާގެ ބޮޑެތި މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވަނީ އަޖައިބެއް ކަހަލަ ބައެއް އުޅޭ ގަބީލަތަކެއްގެ ގޮތުގައެވެ.

11%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް