ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭއިން ވަނީ އާދިއްތަ ދުވަހުގެ ރޭ ބޮޑު އިވެންޓެއް ބާއްވާފައެވެ.
އެ އިވެންޓުގައި ނަރުހުންގެ ތަފާތު ހުނަރުތައް ދައްކާލާފައިވާއިރު، އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވަނީ ނަރުހުންގެ ފެޝަންޝޯއަށެވެ.
މިގޮތުން ނަރުހުންގެ ފެޝަންޝޯގައި ދެ ޖިންސުގެ ނަރުހުންވެސް ބައިވެރިވެފައިވާއިރު، އެކި ގައުމުތަކުގެ ސަގާފީ ހެދުންތަކާއި، ދިވެހި ރާއްޖޭގެ ސަގާފީ ހެދުންތަކުގެ އިތުރުން، ހަވީރީ ހެދުންތައް ދައްކާލާފައިވެއެވެ.