ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވީ ރޭ އެރަށުގައި މަސައްކަތް ކުރާ އިންޑިއާ މީހަކަށް އަނިޔާކުރި މައްސަލައެއް ހުށަހެޅުމުން ފުލުހުން އެރަށަށްގޮސް އެކަން ބަލަމުން ގެންދާކަމަށެވެ.
މޫސަ ވިދާޅުވީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ކުރީ ލޯންޗެއްގައި ރޭ އެރަށަށް ދިޔަ ބައެކެވެ. މޫނު ނިވައިކޮށްގެން ތިބި އެމީހުން ރަށަށް އަރާ އިންޑިއާ މީހާއަށް އަނިޔާ ކުރުމަށްފަހު ފުރައިގެން ދިޔަކަމުގެ މައުލޫމަތު ލިބުނުކަމަށް މޫސް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށް ދިޔަ މީހުން އިންޑިއާ މީހަކަށް އަނިޔާކޮށް ދަމުން ދިޔައީ އޭނާގެ ފޯނު އަތުލައިގެންނެވެ. ނަމަވެސް އިތުރު އެހެން އެއްޗެއް އެމީހުން އޭނާ އަތުން ނުގެންދެއެވެ.