ޒިމްބާބުވޭގެ ޒޮމްބޭ ސަރަހައްދުގައި ހިނގި މިހާދިސާގައި އަންހެން މީހާ ގަޔަށް ހަރުފަ ވިހަލުމުން ފިރިހެން މީހާ ދުވެ ފިލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާއިރު، ފުލުހުން ދަނީ ފިރިހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޒިމްބާބުވެގެ ރަށް ފުށު ސަރަހައްދުގައި ހަރުފަ ވިހަލުމަކީ އާއްމުކޮށް ދިމާވާ ހާދިސާއެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ހަރުފަ ވިހަލުމުގެ ސަބަބުން ޒިންބާބުވެގެ ރަށްފުށު ސަރަހައްދުން މަރުވެއެވެ.
މިދިޔަ މަހުވެސް ޒޮމްބޭ ސަރަހައްދުން ހަރުފަ ވިހަލުމުގެ ސަބަބުން އެއް އާއިލާއެއްގެ ތިން މީހަކު ވަނީ މަރުވެފައެވެ.