މިހާތަނަށް މައުލޫމަތު ލިބިފައިވަ ގޮތުގައި އަލިފާން ރޯވީ މައްކާގައި ޕާކިސްތާނު މީހުން ތިބި ހޮޓަލެއްގައެވެ.
އެހާދިސާގައި ޕާކިސްތާނުގެ އަށް މީހަކު ނިޔާވެފައިވާއިރު އިތުރު ބަޔަކު ވަނީ ޒަހަމް ވެފައެވެ.
ޖިއްދާގައި ހުންނަ ޕާކިސްތާން މިޝަނުން ބުނީ މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން މައްކާގައި ތިބި މީހުނަށް އެހީވަމުން ގެންދާ ކަމަށެވެ.