ads
18 މިލިއަން ރުފިޔާގެ މައްސަލައިގައި ކުށް ސާބިތުވި ޝާހިދު
ޝީޝާގެ 18 މިލިއަން ވަގަށް ނެގި މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފި
ޝީޝާގެ ތިން ބެއިންގެ އަށާރަ މިލިއަން ރުފިޔާ ވަގަށް ނެގިކަން ސާބިތުވެ ޖަލަށްލާން ހުކުމް ކުރި މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ފަށައިފިއެވެ.
Advertisement

ޝީޝާގެ ތިން ބެއިންގެ އަށާރަ މިލިއަން ރުފިޔާ ވަގަށް ނެގިކަން ސާބިތުވެ ޖަލަށްލާން ހައިކޯޓުން ހުކުމް ކުރީ ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން އިއްވީ މިދިޔަ އޮގަސްޓް މަހުއެވެ.  

ޝީޝާގެ ތިން ބެއިންގެ އެކައުންޓް 18 މިލިއަން ރުފިޔާ ވަގަށް ނެގި ޝާހިދުގެ މައްޗަށް ކުށް ސާބިތުވެ ފަނަރަ އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ސަބަބުން ހައިކޯޓުން ޝާހިދުގެ މައްޗަށް ކުރީ އެންމެ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ޝާހިދު އެ ވައްކަން ކުރިއިރު އަމަލު ކުރަމުން ދިޔަ ގާނޫނުލް އުގޫބާތުގެ ދަށުން ހުކުމް ކުރިނަމަ އޭނާގެ މައްޗަށް ފަނަރަ ސަތޭކައެއްހާ އަހަރުގެ ހުކުމެއް އައީހެވެ.

މީގެ ތޭރަވަރަކަށް އަހަރު ކުރިން ހިނގި މި ބޮޑު ވައްކަމުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވެ މިނިވަންވެފައި ހުރި ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށް އެ ކުށް ސާބިތުވީ ހައިކޯޓުންނެވެ. ޝާހިދުގެ މައްޗަށް އަދަބު ކަނޑައެޅުމާ ގުޅޭ ގޮތުން ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި ޝާހިދުގެ ފަރާތުން ވާހަކަ ދައްކަމުން އޭނާގެ ވަކީލު ވިދާޅުވީ އޭނާއަށް ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ. އެހެންނަމަވެސް ހައިކޯޓުގެ ފަނޑިޔާރުން އޭނާއަށް ލުއި އަދަބެއް ދޭކަށް އެއްބަހެއް ނުވިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލަން ފެށިއިރު، ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލަނީ ޑރ. އަޒްމިރާލްދާ ޒާހިރާ، މަހާޒް އަލީ އަދި ހުސްނުއްސުއޫދުއެވެ. މައްސަލައިގެ ރިޔާސަތު ބަލަހައްޓަނީ އަޒްމިރާލްދާއެވެ.

މިއަދުގެ ޝަރީއަތުގައި ސުޕްރީމް ކޯޓުންވަނީ މައްސަލައާ ގުޅޭ ގޮތުން ބައެއް ސުވާލުކޮށް، މައުލޫމާތު އޮޅުން ފިލުވާފައެވެ. އަދި މިއަދުވަނީ މައްސަލައިގެ އަޑު އެހުންތައް ނިންމާލާފައެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވިއެވެ. 

އޮންލައިންކޮށް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މި ޝަރީއަތުގައި، ޝީޝާގެ ވައްކަން ކުރި ޝާހިދު ބައިވެރިވިއިރު އިނީ ޖަލު ޔުނީފޯމްގައެވެ. ޝާހިދުގެ ފަރާތުން މި ޝަރީއަތުގައި ވަކީލު އެދުނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް