އަށާރަ މިލިއަން ރުފިޔާގެ މައްސަލައިގައި ކުށް ސާބިތުވި ޝާހިދު
1500 އަހަރުގެ ހުކުމް ކުޑަވީ އެންމެ 5 އަހަރަށް
Share
ޝީޝާގެ ތިން ބެއިންގެ އަށާރަ މިލިއަން ރުފިޔާ ވަގަށް ނެގި މީހާގެ މައްޗަށް ކުށް ސާބިތުވެ ފަނަރަ ސަތޭކަ އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ސަބަބުން އެންމެ ފަސް އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް މިއަދު ހައިކޯޓުން ކޮށްފިއެވެ.
Advertisement

ޝީޝާ ތިން ބެއިންގެ އެކައުންޓް އޮޅުވާލައިގެން އަށާރަ މިލިއަން ރުފިޔާ ވަގަށް ނެގި މީހާއަށް އޭނާ އެ ވައްކަން ކުރިއިރު އަމަލު ކުރަމުން ދިޔަ ގާނޫނުލް އުގޫބާތުގެ ދަށުން ހުކުމް ކުރިނަމަ ފަނަރަ ސަތޭކައެއްހާ އަހަރުގެ ހުކުމެއް އައީހެވެ. އެހެންނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ދަށުން ހުކުމް ކުރަން ޖެހޭތީ ފަނޑިޔާރުންނަށް މަޖުބޫރުވީ މިހާރުގެ ގާނޫނުގެ ދަށުން ހުކުމް ކުރާށެވެ. މިހާރުގެ ގާނޫނުގެ ދަށުން، އަށާރަ މިލިއަން ރުފިޔާ ވަގަށް ނެގި ޝާހިދަށް އައީ އެންމެ ފަސް އަހަރުގެ ހުކުމެކެވެ.

ގެ ބާރަވަރަކަށް އަހަރު ކުރިން ހިނގި މި ބޮޑު ވައްކަމުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވެ މިނިވަންވެފައި ހުރި ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށް އެ ކުށް ސާބިތުވީ ހައިކޯޓުންނެވެ. ޝާހިދުގެ މައްޗަށް އަދަބު ކަނޑައެޅުމާ ގުޅޭ ގޮތުން ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި ޝާހިދުގެ ފަރާތުން ވާހަކަ ދައްކަމުން އޭނާގެ ވަކީލު ވިދާޅުވީ އޭނާއަށް ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ. އެހެންނަމަވެސް ހަައިކޯޓުގެ ފަނޑިޔާރުން އޭނާއަށް ލުއި އަދަބެއް ދޭކަށް އެއްބަހެއް ނުވިއެވެ. 

56%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް