ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މި ދައުރުގައި ސަރުކާރުގެ ފަރާތުން 14 ބިލެއް މަޖިލީހަށް ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 14 ބިލެއް ހުށަހަޅައިފި އެވެ.

މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފަށާފައިވާއިރު ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ހަމަޖެހިފައި 14 ބިލެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ކަމަށެވެ. 

ސަރުކާރުގެ ފަރާތުން މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅާފައިވަނީ 23 ބިލެކެވެ. 

މި ދައުރަށް ހުށަހަޅާފައިވާ ބިލުތަކުގެ ތެރޭގައި ހައްޖާއި އުމުރާގެ ބިލާއި ޒަކާތުގެ ބިލާއި ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާހަގަކޮށްލެވެ އެވެ. 

މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބައެއް ބިލުތައް

  • ފޮރިން އިންވެސްޓްމެންޓް ބިލު
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތައް އިސްލާހު ގެނައުމުގެ ބިލު
  • ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލު
  • ގޭންގް ކުށްތައް މަނާ ކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރުން ހުށަހަޅާ ބިލުތައް ފާސް ކުރުމަށް ފަސޭހަ ވެގެންދެ އެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެގެން ދިޔަ ނަމަވެސް އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ އަތުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް