މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.
ޖަލުތަކުގައި އަނިޔާވެރި އަމަލުތައް ހިންގުމަކީ މިހާރު މާޒީކަމަށާއި އެފަދަކަމެއް ކުރާނމީހަކަށް ވަޒީފާގައި ދެމި ނުހުރެވޭނެކަން ޖަލު އޮފިސަރުންނަށްވެސް އެނގޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިވެރިކަމުގައި އެންމެ އިސްކަންދޭ އެއްކަމަކީވެސް ޖަލުތަކުގައި ކުރެވޭ އަނިޔާވެރި އަމަލުތައް ހުއްޓުވުން ކަމަށެވެ.
ރައީސް ސޯލިހްގެ އިރުޝާދުގެ ދަށުން އެޅިފިޔަވަޅުތަކުން، ޖަލު އަނިޔާ ހުއްޓުވައިފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.