ބީއެމްއެލުން ބުނީ މާސްޓަކާޑު ކަސްޓަމަރުންނަށް ހުޅުވާލި ޕްރޮމޯޝަނުގެ ދަށުން ހުރިހާ ހަރަދަކާ އެކު ދެ މީހަކަށް އިސްތަންބޫލްގައި އޮންނަ ޔުއޭފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗް ބަލާލުމަށް ދިޔުމުގެ ފުރުސަތު ލިބޭ ފަރާތް ގުރުއަތުން ހޮވާފައިވާ ކަމަށެވެ.
މި ޕްރޮމޯޝަނުން ހޮވުނު ފަރާތަކީ ހުދާ ހުސެއިން ހަބީބު ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ އެ ބޭންކުން ދޫކޮށްފައިވާ މާސްޓަކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭ ގޮތަށް ކަމަށެވެ.
މާސްޓަކާޑަކީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.
ބީއެމްއެލުން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.