ads
ފުލުހުން ހޯދަން އިއުލާންކުރި ގައްބަރޭ
ގައްބަރޭގެ ބަންދަށް 30 ދުވަސް ޖަހައިފި
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މަރާލަން އުޅުން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަަަސް ޖަހައިފި އެވެ.

ގައްބަރޭ ހައްޔަރުކޮށްފައިވަނީ ޒަރީރަށް ހަމަލާދީ އޭނާ މަރާލަން އުޅުނުކަމުގެ ތުހުމަތުގައި އޭނާ ހޯދަމުން ދަނިކޮށް މިއަދު އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ. 

ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިދީފަ އެވެ. 

ޒަރީރަށް ހަމަލާދީ މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ގައްބަރޭ ހޯދަން ފުލުހުން އިއުލާން ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ޒަރީރަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ފަތިހު އެވެ. ޒަރީރަށް ގްރޫޕަކުން ހަމަލާ ދިނީ މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. 

ޒަރީރަށް ހަމަލާ ދިން މައްސަލައިގައި މީގެ ކުރިން ވަނީ ދެ މީހުން ހައްޔަރު ކޮށްފަ އެވެ. އެއީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ ގައްބަރޭ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ކަމަށެވެ. 

ގައްބަރޭއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އެމްޑީޕީގެ ވެބްސައިޓުގައިވާ ގޮތުން ގައްބަރޭއަކީ އެމްޑީޕީގެ މައްޗަށް ގޮޅީ ދެކުނު ދާއިރާގެ ރައީސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް