ސުނިލް ޝެޓީ އާއި ސަލްމާން ހާން ރަހުމަތްތެރިކަން ބާއްވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެދެމީހުން ވަނީ "މައިނޭ ޕިޔާރް ކިޔާ" އާއި "ކަރަން އަރްޖުން" ފަދަ ގިނަ ފިލްމުތަކެއްގައި އެކުގައި މަސައްކަތްކޮށްފަ އެވެ.
ސުނިލް ޝެޓީ ދިން އިންޓަވިއުއެއްގައި ބުނީ ސަލްމާން ހާން އަބަދުވެސް ހުންނަނީ އޭނާގެ ރައްޓެހިންނާއި އާއިލާގެ ހައްގުގައި ކަމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް ހުންނަ ކަމަށެވެ.
އަދި ސަލް މާން އަކީ ވަރަށް ނިކަމެތި މީހެއް ކަމަށާއި އޭނާ އަކީ އަބަދުވެސް "ޑައުން ޓު އާރތް" މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ސުނިލް ޝެޓީ އިންޓަވިއު ނިންމާލަމުން ބުނީ ސަލްމާން ހާން އަށް އޭނާގެ އެކުވެރިޔާއޭ ކިޔުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.