މިދިޔަ އަހަރުގެ މާރިޗު މަހު ޕީއެސްވީގެ ކޯޗުކަމާ ހަވާލުވި ނިސްޓެލްރޯއީ ބުނީ އޭނާއަށް ކްލަބުން އެއްބާރުލުން ނުދޭ ކަމަށެވެ. އޭނާގެ މަގާމުގެ މުސްތަގުބަލާ މެދު ކްލަބުން މިދިޔަ ހަފްތާގައި ވާހަކަ ދައްކާފައިވަނިކޮށް، އޭނާގެ އިސްތިއުފާ މިއައީ ކުއްލިއަކަށެވެ.
މިދިޔަ އަހަރުގެ މާރިޗު މަހު ކޯޗު ކަމާ ހަވާލުވި ނިސްޓެލްރޯއީވަނީ އޭނާގެ އިރުޝާދުގެ ދަށުން ޑަޗް ކަޕް އަދި ޑަޗް ސުޕަ ކަޕް ޕީއެސްވީއަށް ހޯދައިދީފައެވެ. ލީގުގައި އެ ޓީމުން މި ސީޒަންގައި ކުޅޭން ޖެހޭ އަދި އެއް މެޗު ބާކީ އޮއްވާ އިސްތިއުފާ ދިން އިރު ކްލަބު އޮތީ ލީގުގެ ދެވަނަ މަގާމުގައެވެ.
ކުއްލި ގޮތަކަށް ނިސްޓެލްރޯއީގެ އިސްތިއުފާ އައުމުން އެކަމާ މެދު ހިތާމަ ކުރާ ކަމަށް ޕީއެސްވީންވަނީ ބުނެފައެވެ. ނިސްޓެލްރޯއީގެ އިސްތިއުފާއާ އެކު ވަގުތީ ގޮތުން ޓީމާ ހަވާލުވާނީ އެސިސްޓެންޓް ކޯޗެވެ.