މުމްބާއީގެ ދަރަވީން މަލީޝާ ހަރްވާ ހޯދީ ހޮލީވުޑްގެ އެކްޓަރު ރޮބަޓް ހޮފްމަން މުމްބާއީގައި މިއުޒިކް ވީޑިއޯއެއް ޝޫޓް ކުރަމުން ދަނިކޮށެވެ. ހަރްވާގެ ރީތިކަމާއި ހުނަރުވެރިކަމުން ހޮފްމަން ވަރަށް ބޮޑަށް ތައުރީފުކޮށް، މޮޑެލިން ކެރިއަރު ފެށުމަށް އެހީތެރިވެދިނެވެ.
އޭގެ ފަހުން ހަރަވާ ވަނީ ބައެއް ފެޝަން ކެމްޕޭންތަކާއި މަޖައްލާތަކުގެ އެޑިޓޯރިއަލްތަކުން ފެނިގެން ގޮސްފައެވެ. އަދި އިންޑިއާގެ މަޝްހޫރު ބައެއް ޑިޒައިނަރުންގެ ރަންވޭގައި ވެސް އޭނާ ވަނީ ހިނގާފަ އެވެ. 2022 ވަނަ އަހަރު ރިލީޒްކުރި ލަގްޒަރީ ބިއުޓީ ބްރޭންޑެއް ކަމަށްވާ ފޮރެސްޓް އެސެންޝިއަލްސް އިން ވަނީ އެމީހުންގެ އާ ކެމްޕޭންގެ މޫނަކަށް އޭނާ ހަމަޖައްސަން ވަނީ ދާދިފަހުން ސޮއިކޮށްފަ އެވެ. އަދި އެމީހުންގެ ބައެއް އިސްތިހާރުތަކުން މިހާރު އެ ކުއްޖާ ވަނީ ފެންނަން ފަށާފައެވެ.