ފިނޭންސް މިނިސްޓްރީން ނެރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަދަދަކީ މިދިޔަ އަހަރުގެ ފައިދާ އާއި އަޅާ ބަލާއިރު 36 ޕަސެންޓް ދައް އަދަދެކެވެ.
މިދިޔަ އަހަރު ފައިދާގެ ގޮތުގަިއ އެ ކުންފިތަކަށް 250 މިލިއަންއަށް ވުރެން ބޮޑު އަދަދެއް ލިބިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑުން ދައުލަތަށް 552 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
އެހެންވެ، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ މިހާތަނަށް ލިބުނީ 30 ޕަސެންޓެވެ. އަދި 2024 ވަނަ އަހަރާ އަޅާބަލާއިރު، އެ އަދަދު މި ވަނީ 70 ޕަސެންޓް ދަށްވެފަ އެވެ.
ޑިވިޑެންޑުން ލިބޭ އާމްދަނީ ދަށްވާ މައިގަނޑު އެއް ސަބަބަކީ، ކުންފުނިތަކުގެ ފައިދާ ދަށްވުމެވެ.
ބަޖެޓުގައި ޑިވިޑެންޑާއި އިންޓްރެސްޓްގެ ގޮތުގައި ޖުމްލަ 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ ހަތް ޕަސަންޓް ދަށް ލަފާކުރުމެކެވެ.
މިދިޔަ އަހަރު ޑިވިޑެންޑާއި ފައިދާތަކުން ދައުލަތަށް 823 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު 1.1 ބިލިއަން ރުފިޔާ ދައުލަތަށް އެފަދަ ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;