ads
ކޭޓް
ޕްރިންސެސް ކޭޓުގެ ސްޓައިލަށް ބޮޑު ސަމާލުކަމެއް
ޕްރިންސެސް ކޭޓް ވަނީ ސްޕްރިންގް އިންސްޕަޔަރޑް އެންސެމްބަލްއެއްގައި އަންގާރަ ދުވަހު، ޗެރިޓީ އުފެދުނުތާ 300 އަހަރު ފުރުން ފާހަގަކުރުމަށް ލަންޑަންގެ ފައުންޑްލިން މިއުޒިއަމްއަށް ޒިޔާރަތްކުރައްވާފައެވެ.

މި އިވެންޓަށް ކޭޓު ވަޑައިގަތްއިރު ގިނަބަޔަކަށް ކަމުދިޔައީ ކޭޓްގެ ޕިންކު ލުކެވެ.

ކޭޓް ތުރުކުރައްވައިގެން ހުންނެވީ "އެމިލިއާ ވިކްސްޓެޑްގެ ބްލޫ ފްލޯރަލް ޑްރެސް" އެކެވެ. އެ ހެދުން ޖޯޑުކޮށްފައި ވަނީ "ނިއުޑް ޕަމްޕް ޖޯޑަކާއި މެޗިން ކްލަޗަކާ" އެކުގަ އެވެ.

ކޭޓްގެ އިސްތަށިގަނޑު ފަހަތަށް ސްޓައިލްކުރައްވާއި ހުރީ ޕޮނީޓޭލް ލުކެއްގައެވެ. ކުރައްވާފައި ވަނީ ނެޗުރަލް މޭކަޕް ލޫކެކެވެ. 

ކޭޓް އަށް މަރުހާ ބިއުކަމަށް ސަލާމް ކުރީ ތާރީހީ ހެދުން އަޅައިގެން ތިބި ކުޑަކުދިންގެ ގްރޫޕެކެވެ.

އެ މިއުޒިއަމްގެ މުވައްޒަފުންނާއި ވޮލަންޓިއަރުންނާ ބައްދަލުކޮށް، ހާލުގައި ޖެހިފައިވާ ކުދިންނާ އެކު ޗެރިޓީން ކުރާ މަސައްކަތުގެ މައުލޫމާތު ވެސް ހޯއްދެވިއެވެ. 

މީގެ އިތުރުން ކޭޓް ވަނީ މިއުޒިއަމްގެ މައުރަޒުތައް ވެސް ޒިޔާރަތްކުރައްވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް