ads
އެމަރެލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި ސްޕާގެ ހިދުމަތް ދެނީ - ފޮޓޯ:އެމަރެލްޑް މޯލްޑިވްސް
ސްޕާ ގަވާއިދަށް ބަދަލުތަކެއް، ރަށްރަށުގައި ސްޕާގެ ހުއްދަ ދޭނީީ ކައުންސިލުން
ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދަށް ބައެއް އިސްލާހުތައް ގެނެސް މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ސިޓީއެއްގައި ސްޕާ ހިންގަން ހުއްދަ ދޭނީ އެ ރަށެއްގެ ކައުންސިލުން ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ކަމަށް ކަނޑައަޅައިފިއެވެ.
Advertisement

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދަށް ދެވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި ވަނީ މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ސިޓީއެއްގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގައި ހިންގާ ސްޕާގެ ހިދުމަތްދޭ ތަންތަން ފިޔަވައި، އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފުރަތަމަ ހުށަހެޅުމެއް މިނިސްޓްރީއަށް ލިބުމުން، ސްޕާގެ ވިޔަފާރި ހަރަކާތް ހިންގޭނެކަން ނުވަަތަ ނޫންކަން ކަނޑައަޅައިދިނުމަށް އެ ރަށެއްގެ ރަށު ކައުންސިލުގައި ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި އިކޮނޮމިކް މިނިސްޓްރީން އެދެން ވާނެ ކަމަށެވެ.

އެ މިނިސްޓްރީން ފޮނުވާ ފޮނުވުމަކާ ގުޅިގެން ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ނިންމާ ނިންމުމަކީ، އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ސްޕާގެ ވިޔަފާރި ހަރަކާތް ހިންުގުމާ ގުޅޭގޮތުން ކަނޑައެޅޭ ކަނޑައެޅުމެއް ކަމަށް އެ ގަވާއިދުގައިވެއެވެ.

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދުގައި ވަނީ ސްޕާގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ހުންނަން ޖެހޭ ޝަރުތުތަކާއި މިންގަނޑުތައް ފުރިހަމަވާކަން ކަށަވަރުކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާ މަތިކޮށްފައިވާ މާއްދާ އުވާލުމަށްފަހު، އެ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއެއް މެދުވެރިކޮށް ސްޕާތަކުގެ އިންސްޕެކްޝަންތައް ކުރިއަށް ގެންދާގޮތަށް އިސްލާހު ގެނެސްފައެވެ. އެ ގޮތަށް ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގެ ފީގެ ގޮތުގައި ކަނޑައަޅާފައިވާ ފީ 1،000 ރުފިޔާއިން 2،000 ރުފިޔާއަށް އެ ގަވާއިދުގައި ވަނީ ބޮޑުކޮށްފައެވެ.

ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދަށް ދެވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި ބުނެފައިވަނީ ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ގަވާއިދު ޝާއިއުކުރާ ތާރީހުން ފެށިގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް