އެނެމް ފަހުން އެ ޖޯޑަށް ޖެހުނީ މީހުން ކިޔާ އެއްޗެހިން ސަލާމަތްވާން، އެ ވީޑިއޯގެ ހަގީގަތް ސާފުކޮށްދޭން ބަޔާނެއް ނެރޭށެވެ.
މިގޮތުން އާތިޔާ ޝެޓީ ނެރުނު ބަޔާނެއްގައި ބުނީ އެ ވީޑިއޯއަކީ ރައްޓެއްސެއްގެ އުފަންދުވަހުގެ ޕާޓީގައި ނަގާފައިވާ ވީޑިއޯއެއްކަމަށެވެ.
"އަޅުގަނޑާ އާއި ކޭއެލް ރާހުލްއާ ބެހޭ ގޮތުން މިފަދަ ވާހަކަތައް މީހުން ފަތުރާތީ މާޔޫސްވޭ،" އާތިޔާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޭއެލް ރާހުލް އާއި އާތިޔާ ޝެޓީ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު އިރު، މި އަހަރުގެ ކުރީކޮޅު އެދެމީހުން ކައިވެނި ކުރިއެވެ. މި ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ސުނިއެލް ޝެޓީ އާއި މަނާ ޝެޓީގެ ފާމްހައުސްގައެވެ. ކައިވެނީގެ ހަފްލާގައި ވަރަށް ގިނަ ސެލެބްރިޓީންނާއި ރައްޓެހިން ބައިވެރިވިއެވެ.