"އަނުޕާމާ" އަކީ ގިނަބައެއްގެ ޝައުގުވެރިކަން ދަމައިގަނެފައިވާ ޓީވީޝޯއެކެވެ. ނަމަވެސް އެ ޓީވީގެ ވާހަކައަށް އައި ކުއްލި ބަދަލާއެކު ގިނަބަޔަކު އަންނަނީ އެ ޓީވީޝޯއަށް ފާޑުކިޔަމުންނެވެ.
އެންމެ ފަހުގެ އެޕިސޯޑުގައި އަނޫޖް ހާމަކުރަނީ އޭނާ އަނޫމާއާ ދުރުގައި ހުންނަނީ މާޔާގެ ނަފްސާނީ ހާލަތު ރަނގަޅު ނުވާތީ ކަމަށެވެ. ނަމަވެސް މިހާރު ހޫނުވަމުން އަންނަ ކޮމެންޓުތަކުން އެނގެނީ ސަޕޯޓަރުން އުންމީދު ކުރަމުން ދިޔައީ މިއަށްވުރެ ހަރުދަނާ ސަބަބެއް އޭނާ ދައްކާނެކަމަށެވެ.
އެހެން މީހަކު ބުނެފައިވަނީ އަނޫޖްގެ ވާހަކަތައް އެހާ އޮޅުން ބޮޅުން ބޮޑުކަމަށެވެ.
އަނުޕަމާއާއި އަނޫޖް މިހާލަތު ހައްލުކުރާނީ ކިހިނެއްކަން ދެން އެނގޭނީ މި ސީރީޒްގެ ކުރިއަށް ހުރި އެޕިސޯޑުތައް ބެލުމުންނެވެ. ނަމަވެސް އެމީހުންގެ ސަޕޯޓަރުން ކަންކަން ހިނގަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހޭކަން ސާފުވެއެވެ.