ads
ލަންދޫ ކައުންސިލް ޕިކަޕްގައި އަލިފާން ރޯ ކޮށްފައި..
ލަންދޫ ކައުންސިލްގެ ޕިކަޕްގައި ރޯވީ ފަޅުގެއެއްގެ ތެރޭ އޮއްވާ: ކައުންސިލް
ގޭބިސީތަކުން ކުނި ނެގުމަށް ނ. ލަންދޫ ކައުންސިލުން އެރަަށަށް ގެންގޮސްފައިވާ ޕިކަޕްގައި ރޯވެފައިވަނީ ފަޅުގެއެއްގެ ތެރޭ އޮއްވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ލަންދޫ ކައިންސިލް މެމްބަރަކު ވިދާޅުވީ ޕިކަޕްގައި ރޯވެފައިވަނީ ކައުންސިލް އިދާރާ ކުރިމަތީގައި ހުންނަ ފަޅުގެއެއްގެ ގޯތި ތެރޭގައި ޕިކަޕް ބާއްވާ އޮއްވާ ކަމަށެވެ.

އަދި ޕިކަޕްގަ ރޯވަމުންދާކަން ކައުންސިލަށް އެނގުނީ އާންމު މީހަކު އަލިފާން ރޯވެގެން އުޅޭކަން ބުނުމުން ކަމަށާއި، އެއީ ރޭ ފަތިހު ހަތަރެއް ޖެހި އިރުކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

ޕިކަޕް ބާއްވާފައިވާ ފަޅު ގެ އަކީ އަލިފާން ގެންގުޅޭ ގެއެއްނޫން ކަމަށާއި، ނަމަވެސް އެއީ ސީދާ މީހަކު ކޮށްފާނެ ކަމެއް ކަމަށްވެސް ގާބޫލު ނުކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި މިހާރު ފުލުހުންދަނިީ މައްސަލަ ތަހުގީގު ކުރަމުން ކަމަށްވެސް ކައުންސިލަރު ވަނީ ވިދާޅުވެފައެވެ.

އެ ޕިކަޕަކި ލަންދޫ ގޭބިސީ ތަކުން ކުނި އުކާލުމަށް ބޭނުންކުރުމަށް ގެނެސްފައިވާ ޕިކަޕެއް ކަމަށާއި، ސަރުކާރުގެ އެހީ އާއި ކައުންސިލުގެ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ޕިކަޕް ލަންދޫ އަށް ގެނެސްފައިވަނިީ މީގެ ދޮޅުމަސް ދުވަސް ކުރިން ކަމަށްވެސް ކައުންސިލަރުވަނީ ފާހަގަ ކޮށްފައެވެ. 

އެ ފަޅު ގެއަކީ ކައުންސިލް އިދާރާގެ ކުރިމަތީގައި ހުންނަ ފަޅު ގެއެއް ކަމަށާއި، ފަޅުގެ ތެރޭގައި ޕިކަޕް ބާއްވާފައިވަނީ ޕިކަޕްގެ ރަޖިސްޓްރޭޝަން ކަންތަކާއި، އެހެނިހެން ކަންތައްވެސް ކުރަން ޖެހިފައި ހުރުުމުން އެކަންތައްތައް ކުރެވެންދެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

your imageލަންދޫ ކައުންސިލް ޕިކަޕުގައި އަލިފާން ރޯކޮށްފައި...

މީގެ އިތުރުން ކައުންސިލަރު ވިދާޅުވީ އިއްޔެއާއި ހަމަޔަށްވެސް ކައުންސިލުން ކުރަމުންދިޔައީ ޕިކަޕާއި ގުޅިގެން ނުނިމި ހުރި މަސަައްކަތް ކަމަށެވެ. އެގޮތުން އަލިފާން ރޯވީ ކުނި އުކާލުމަށް ރަށުތެރެއަށް ޕިކަޕް ނެރުމުގެ މަސައްކަތް އެކެއް ޖޫންއަށް އެއްކޮށް ފައިނަލް ވެފައި އޮއްވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް