ads
ޗައިނާ ސަރުކާރުން ބައެއް ތަޅާލަން މަސައްކަތްކުރާ ނާޖިޔައިން މިސްކިތް
ޗައިނާ މުސްލިމުންނަށް ބޮޑު ހިތާމައެއް
ޗައިނާ ސަރުކާރުން ނުކުމެ އެ ގައުމުގައި ހުރި އެންމެ ޒަމާންވީ މިސްކިތުގެ ބައެއް ތަޅާލަން އުޅޭތީ ޗައިނާގެ ގިނަ މުސްލިމުން އެކަމާ ހިތާމަފާޅުކަން ފަށައިފިއެވެ.

ޗައިނާގެ ހުޅަނގު ދެކުނުގެ ޔުނާން ޕްރޮވިންސްގެ މުސްލިމުން ގިނަ ރަށެއްގައި މިއަދު ވަނީ ބޮޑު ހަމަނުޖެހުމެއްވެސް ހިނގާފައެވެ. މި ހަމަނުޖެހުން ހިނގާ ތޭރަ ވަނަ ގަރުނުގައި ބިނާކޮށްފައިވާ "ނާޖިޔައިން މިސްކިތް" ތަޅާލުމުގެ ޕްލޭންތައް ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދިއުމުންނެވެ.

މިސްކިތްތަޅާލުން ހުއްޓުވި މުޒާހަރާގެ ބައިވެރިންނަށް "އިޖުތިމާއީ ނިޒާމަށް ބުރޫއަރާ" އަދި "ޖިނާއީ އަމަލުތައް" ހިންގިކަމަށް ބުނެ އެމީހުންނަށް އަނިޔާކޮށް ބައެއް މީހުން ހައްޔަރުކުރިއެވެ. 

ފާއިތުވި އަހަރުތަކުގައި މިސްކިތުގެ މުންނާރުތަކާއި ގިބުލަ ފުރާޅު ބޮޑުކޮށްފައިވާއިރު، ކޯޓަކުން ވަނީ އެ އިތުރުކުރުންތަކަކީ ގާނޫނާ ހިލާފު ކަންތައްތަކެއް ކަމަށް ނިންމާފަ އެވެ.

މި މިސްކިތަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދެއްގެ ގޮތުގައި ޗައިނާގެ އެންމެ ދުވަސްވީ އެއް މިސްކިތެވެ.

މި ހަމަނުޖެހުންތަކަކީ ޗައިނާގައި މިސްކިތްތަކާއި އެހެނިހެން ދީނީ ތަންތަން ނައްތާލުމުގެ މައްސަލައިގައި ހިނގި ސިލްސިލާ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަނުޖެހުންތަކެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް