ads
ނަސީރުއްދީން ޝާހު
މުސްލިމުންނަށް ނަފްރަތުކުރުން ފެޝަނަކަށް ވާތީ ކަންބޮޑުވޭ: ނަސީރުއްދީން ޝާހު
"މުސްލިމުންނަށް ނަފްރަތުކުރުން މިދުވަސްވަރު ފެޝަނަކަށް ވެއްޖެ" ކަމަށާއި މިހާރު މި ދިރިއުއުޅެނީ "ހާސްކަން ބިޑު ޒަމާނެއްގައި" ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ނަސީރުއްދީން ޝާހު ބުނެފިއެވެ.

ނަސީރުއްދީން މިހެން ބުނެފައިވަނީ ދާދި ފަހުން ރިލީޒްކުރި ފިލްމު "ކެރެލާ ސްޓޯރީ" އާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. އެ ފިލްމަކީ "ޕްރޮޕެގެންޑާ" ފިލްމެއްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. 

ކެރެލާގެ ތިން އަންހެން ކުދިންގެ ސިކުނޑި ދޮވެ އިސްލާމްދީނަށް ބަދަލުވެ އައިއެސް އަށް ގެންގޮސްފައިވާ ފިލްމެއް ކަމަށްވާ "ދަ ކެރެލާ ސްޓޯރީ" ގެ ވާހަކަތައް ވަނީ ގިނަ މައްސަލަތަކެއްގެ ތެރެއަށް ގަރަގުވެފަ އެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށް ފިލްމު އުފެއްދި ފަރާތްތަކުން ބުނެފައިވީ ނަމަވެސް ގިނަ ބަޔަކު ދަނީ ފިލްމު މަނާކުރުމަށް ގޮވާލަމުންނެވެ. 

"ދަ ކެރެލާ ސްޓޯރީ" އާ ގުޅިގެން އުފެދުނު މައްސަލަތަކާ ބެހޭ އިތުރު ބައެއް ތަފްސީލުތައް:

ފިލްމުގެ ޓްރެއިލާގައި ބުނެފައިވަނީ ކެރެލާގެ 32،000 އަންހެނުން އައިއެސްއާ ގުޅިފައިވާ ކަމަށެވެ. ނަމަވެސް މި އަދަދު ފަހުން ފިލްމު އުފެއްދި ފަރާތްތަކުން ވަނީ އެއީ ސައްހަ އަދަދެއް ނޫންކަމަށް ބުނެފައެވެ. 

މި ފިލްމަކީ ހިންދޫ ގައުމިއްޔަތާއި "އިސްލާމް ފޯބިއާ" ޕްރޮމޯޓްކުރާ ފިލްމެއްގެ ތުހުމަތުތަކެއް ކުރެވިފައިވާ ފިލްމެކެވެ.

ފިލްމު މަނާކުރުމަށް ސިޔާސީ ބައެއް ބޭފުޅުންނާއި މުސްލިމް ލީޑަރުން ވަނީ ގޮވާލާފައެވެ.

ފިލްމުގެ ޑައިރެކްޓަރު ސުދީޕްޓޯ ސެން ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ބުނެ އެ ފިލްމު ދިފާއުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް