ads
ފޭދޫ ޖަގަހަށް ގެއްލުންދީފައި--
ފޭދޫ ޕީޕީއެމް ޖަގަހައަށް ބަޔަކު ގެެއްލުންދީފި
ށ. ފޭދޫ ޕީޕީއެމް ޖަގަހައަށް ބަޔަކު ގެއްލުންދީފައިވާކަމަށް އެތަނުގެ ކެމްޕޭން ޓީމުން ބުނެފި އެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބުގައި ފޭދޫ ކައުންސިލަށް ވާދަކުރައްވާ އައިޝަތު މަހުމޫދު ވިދާޅުވީ ޕީޕީއެމް ޖަގަހައަށް ބަޔަކު ގެއްލުންދީފައި ވަނީ ރޭ 4:03 ހާއިރު ކަމަށާއި ގެއްލުން ދީފައިވަނީ ކަޓަރެއް ބޭނުންކޮށްގެން ކަމަށެވެ. 

އެގޮތުން އެ ޕާޓީގެ ދިދަތަކާއި ބެނާތަކުގައި ކަޓަރު އަޅުވާފައިވާ ކަމަށާއި ޖަގަހައިގެ ޓީވީ ސްކްރީން ވެސް ހަލާކުކޮށްލާފައިވާ ކަމަށް އައިޝަތު ވިދާޅުވެ އެވެ. 

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެތަނަށް އިތުރަށް ގެއްލުން ނުދެނުވީ ޖަގަހަ ހުރި ގޭގެ މީހަކަށް އެވަގުތު ހޭލެވުން ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާކޮށް އެރަށު ޕީޕީއެމް ޖަގަހައަށް އެކި ކަހަލަ ގެއްލުންދޭ ކަމަށެވެ. އެ ކަމުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުން ވަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެ މައްސަލަ ކައުންސިލް މެދުވެރިކޮށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ރޭ ޕީޕީއެމް ޖަގަހައަށް ގެއްލުންދީފައިވާއިރު ރިޔާސީ އިންތިހާބުގެ ދުވަސްވަރުވެސް ޖަގަހައަށް ގެއްލުންދިން ކަމަށް ވިދާޅުވި އެވެ. އެގޮތުން ޖަގަހައަށް ކަޅުތެޔޮ ޖެހުމުގެ އިތުރުން ޖަގަހައިގެ ބިއްލޫރި ގަނޑު ތަޅާލައި ބެނާތައް ވެސް ކޮށާލި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް