އޭއެފްޕީން ބުނީ މި ހާދިސާ ހިނގާފައި ވަނީ އުތުރު ކެންބޯޑިއާގެ ސަރަހައްދެއްގައި ހުކުރު ދުވަހު ކަމަށެވެ.
ލުއާން ނާމް ކިޔާ އުމުރުން 72 އަހަރުގެ މީހާއަށް ކިނބޫތައް ހަމަލާދީ މަރާލާ ކައިލީ، އޭނާ އެކްސިޑެންޓަކުން ކިނބޫ ފެންގަނޑަށް ވެއްޓުމުންނެވެ. އެވަގުތު އެ ފެންގަނޑުގައި އޭނާގެ 40 ކިނބޫ ތިބިކަމަށް މައުލޫމާތު ލިބެއެވެ.
މަރުވި ލުއާން އަކީ އެސަރަހައްދުގެ ކިނބުލުގެ ވިޔަފާރިކުރާ މީހުންގެ ޖަމިއްޔާގެ ރައީސް އެވެ.