ads
ހޮރެޒައިނާ 2 ބޯޓް....
އަލިފާނުގެ ހާދިސާއިން މަކުނުދޫއަށް ދެވަނަ ސިހުން!
އަލިފާނުގެ ހާދިސާ ތައް ރާއްޖޭގައި ހިގާލެއް ގިނައެވެ. މިފަދަ ހާދިސާތައް ހިނގާފައިވަނީ ހަމައެކަނި މީހުންދިރިއުޅޭ ގޭގެ އާއި، އާންމު ތަންތަނުގައެއްވެސް ނޫނެވެ. ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި، ކުޑަ ކެފޭ ތަކަށް ދާންދެންވެސް އަލިފާނުގެ ހާދިސާތައްވަނީ އާންމުވެފައެވެ. މުދާ އުފުލާ ބޯޓް ތަކާއި ކަނޑުމަތީގައިވެސް މިފަދަ ހާދިސާތައް މިފަހަކަށް އައިސް ހިނގާލެއް ދަނީ އިތުރު ވަމުންނެވެ.

އަލިފާން ރޯވެއްޖެއެވެ. އަލިފާން ނިއްވާލައިފިއެވެ. ކޮންމެ ދުވަހެއްގަވެސް ނޫސްތަކުގެސުރުހީތައް ބޮޑު ކޮށްލަނީ މިފަދަ ސުރުހީ އަކުންނެވެ. މިއީ ކިހާ ހިތްދަތި ވާހަކައެއްތޯއެވެ. އަލިފާން ރޯވެ މުޅި ގެ އަދާ ރޯވެދަނީ މުޅި އުމުރު ކުރި މަސައްކާތާއި އެތަކެއް ދުވަހެއްގެ ހަދާންތައް އަދާ އަޅާ އަޅިއަށްފަދާފަވެ. ވިޔަފާރި ކުރާ ފިހާރަތަކާއި، ރެސްޓޯރެންޓްތަކަށް ބެލިނަމަވެސް ކަންތައް ހިނގާފައިވަނީ ހަމަ މިފަދަ ގޮތަކަށެެވެ.

މިއީ މީގެ ކުރިން ހިގާފައިވާ ހާދިސާ ތަކުގެ ހިތްދަތި ތަޖުރިބާތަކުގެވާހަކައެެވެ. ނަމަވެސް ކޮންމެބަޔަކުވެސް ތިބެނީ ރައްކާތެރިކަމާއެކުގައެވެ. ޔަގީންކަން ކަށަވަރު ކޮށްގެންނެވެ. އެހެންމަވެސް ކަމެއް ދިމާވާންވީމަ ވަގުތު، ހިދުކޮޅަށް ބަދަލު ކަންހިގާދެއެވެ. އަލިފާނުގެ ހާދިސާއިން މަކުނުދޫ އަށް ދެވަނަ ސިހުން ގެނުވީވެސް މި ހާލަތުގައި ކަން ޔަގީނެވެ. 

ނުވެސް އެނގި ހުއްޓައެވެ. ދެވަނަ ސިހުމުން، މަކުނުދޫ އަށާއި އަތޮޅުގެ އެތައްބަޔެއްގެ މުދަލަށް ގެއްލުންވަނީ ވެފައެވެ. މާލެ އިން ފުރައިގެން ރ، ރަސްގެތީމަށް ދަތުރުކުރި "ހޮރެޒައިނާ 2 ނަމަކަށް ކިޔާ ބޯޓެއް ވަނީ އަލިފާން ރޯވެ 2 ޖޫން ގައި އަދާހުލިވެ، އެތައްބަޔެއްގެ މުދަލަށް ގެއްލު ލިބިފައެވެ. 

އިރުއޮއްސި 7:40 ގައި ހިނގި އަލިފާނުގެ ހާދިސާ އާއި، ގުޅޭގޮތުން ބޯޓް ކުށްޔަށް ނަގައިގެން އުޅޭ މަކުނުދޫ، ކެޔޮޅު ހަމީދުގެ އަންހެނުން ތަހުމީނާ އަލީ ސީއެންއެމްއަށް ބުނީ އެބޯޓަކީ ހއ. މީހެެއްގެ އަތުން ކުށްޔަށް ނަގައިގެން ދުއްވަމުންދިޔަ ބޯޓެއް ކަމަށެވެ. 

ހާދިސާ ހިނގިއިރު ހަމީދުވަނީ ބަލިވެ އޮޕްރޭނަކަށް ތައްޔާރުވެފަކަމަށާއި، އެއީ ދިރިއުޅުމަށް ކުރަމުން އައި ހުރިހާ މަސައްކަތެއްގެ އުންމީދު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ބ. އަތޮޅު ބޭރުގައެވެ. ލަޑާގިރާވަރު އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުންވެސް ވަނީ ހާމަކޮށްފެއެވެ.

ބޯޓްގެ ވަރަށް ގިނަ މުދާ ހުރިކަމަށްބުނެ ތަހުމީނާ ފާހަގަކުރެއްވީ ގާދިފުށީގެ ދެ ފިހާރައެއްގެ މުދަލާއި، އަލިފުށީ ދެ ފިހާރައެއްގެ މުދަލާއި، ރަސްގެތީމު 5 ފިރާރައެއްގެ މުދަލުގެ އިތުރުން މަކުނުދޫ ފިހާރަތަކާއި، އާންމު އެހެންމީހުންގެ މުދާތައްވެސް ބޯޓްގައި ހުރިކަމަށެވެ. އެގޮތުން ބޯޓްގައި ހުރިކަމަށް ލާފާކުރެވޭ މުދާތަކެއްގެ ގޮތުގައި ތަހުމީނާ ބުނީ ކާޑުގެ ބާވަތްތަކާއި، ގޭހާއި، ސިމެންތިޔާއި ހިލަޔާއި ހިލަވެލީގެ އިތުރުން، އާންމު ހިފާ ގެންގުޅޭ ސާމާނު  ކަމަށެވެ.

ބޯޓަކީ ހއ، މީހެއްގެ ބޯޓެއް ކަމަށާއި، ކުއްޔަށް ނަގައިގެން ދުއްވަމުންދާތާ 8 މަސްވެދާނެ ކަމަށްބުނަމުން ތަހުމީނާ ބުނީ ބޯޓްގައި ސަލާމަތީ ވަސީލަތްތަކާއި، އެހެނިހެން ކަންކަންވެސް ހަމަޔަށް ހުރި ކަމަށަވެވެ. 

ތަހުމީނާ ބުނީ ބޯޓްގެ ވަޒީފާއި ޖުމްލަ ހަތަރު ދިވެހިންނާއެކު ބިދޭސީން ހިމަނައިގެން އަށް މުއައްޒަފަކު ތިބި ކަމަށާއި، އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށެވެ. އަދި އެތަނުން އެކަކަށް ފެނުނީ ބޯޓްގެ އިންޖީނުގައި ރޯވެފައި ހުއްޓާ ކަމަށާއި، ބޯޓްގެ އިންޖީނުގެ ބެޓަރިއެއްގައި ރޯވެފައި ހުއްޓާ ފެނުމުން އަލިފާން ނިއްވުމަށް މަސައްކަތް ކުރި ކަމަށްވެސް ތަހުމީނާ ކިޔައިދިނެވެ. އަލިފާން ނިއްވާފުޅިން ޖަހަމުން ދަނިކޮށް ބޯޓް ތެރޭގައި ދުންބޯވެ އެއްކޮށް ވާނުވާ ނޭނޣޭވަރުވީ ކަމަށްވެސް އެވަގުތު ބޯޓް ތެރޭގައި ތިބި ފަޅުވެރިންނާއި ހަވާލާދީ ތަހުމީނާ ވަނީ ކިޔައިދީފައެވެ.

މިއީ ހޮރެސިއާން ނަމަކަށް ކިޔާ މަކުނުދޫގައި ދުއްވަމުންދިޔަ ބޯޓެއްގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ވާހަކައެވެ. މިދިޔަ މަހުގެ 25 ގައިވެސް ވަނީ މަކުނުދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައެވެ. 

އެ ހާދިސާ ހިނގާފައިވަނީ އެ ރަށު "އަލްފާ" ނަމަކަށް ކިޔާ ގެއެއްގައެވެ. އެ އަލިފާނުގެ ހާދިސާގައި މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެރަށު ކައުންސިލް ރައީސް އައުޒަމް އާދަމްވެސް ވަނީ ވިދާޅުވެފައެވެ. އެ ހާދިސާ ހިނިގި ވަގުތު އެ ގޭގެ ދިރިއުޅޭ މީހުން ތިބީ ގޭ ތެރޭގައި ކަމަށާއި، އަލިފާން ރޯވެފައިވަނީ އެ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއްގަ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެ ހާދިސާގައިވެސް އެެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވާ ކަމަށްވެސް އައުޒަމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް