ފުލުހުން މައުލޫމާތުދޭ ގޮތުގައި ތިނަދޫ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިގެން ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
ނިޔާވެފައި އޮއްވާ ފެނުނީ 48 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ މި މީހާ އެގޭގައި ނިޔާވެފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު 13:30 ހާއިރު ކަމަށެވެ.
ގދ. ތިނަދޫ ކައުންސިލަށް ގުޅާލުމުން ބުނީ މީހަކު ނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ދެންމެ ކަމަށާއި ފުލުހުން ހަރަކާތްތެރިވާކަން ނޭނގޭ ކަމަށެވެ. އަދި އެމީހާ ނިޔާވެފައި އޮތީ ކޮންގެއެއްގައިކަންވެސް ނޭނގޭކަމަށްވެސް ބުންޏެވެ.