ads
ނަޙުމާ..
އުފެދުމުގައި ހުރި ބައްޔެއްގެ ސަބަބުން، ނަހްމާގެ ކިޑްނީ ފެއިލްވަނީ!
ކ، ގުރައިދޫ އާސްމާންވިލާ ފާތިމަތު ނަހްމާ އަކީ އުފެދުމުގައި ހުރި ބައްޔެއްގެ ސަބަބުން ބަނޑުގެ ވޭނުގައި އުޅެމުން އައި ކުއްޖެކެވެ. ބަނޑަށް ތަދުވާ ރެއެއްގައި އެވޭނަށް ކެތްނުވެ އެތައްރޭ ނުނިދި ނަހްމާ އޮންނަން ޖެހޭ ރޭ ތައްވެސް ދިޔައީ ގިނަވަމުންނެވެ. އަބަދު ބަލިނަމަވެސް އަސްލު ބައްޔަކީ ކޮބައިކަން ނޭނގި އެތައް ދުވަހެއް ނަޙްމާ ހޭދަ ކުރަން ޖެހުނެވެ.

ބައްޔާއެކު އުޅެންޖެހިފައިވާ ނަހްމާގެ ހިތައް އުފާވެރިކަމެއް ލިބުނީ ކުރެވުނު ކައިވެންޏާއި އެކުގައެވެ. ނަމަވެސް ބަލީގެ ސަބަބުން ނަޙުމާ ވަނީ ހަޔާތަށް އުފާވެރިކަން ހޯދުމުގައި ނިކަމެތި ކަމެއް އިހުސާސް ކުރަން ޖެހިފައެވެ. 

އުމުރުން 28 އަހަރުގެ ނަޙުމާގެ ކައިވެންޏަށް ހަތަރު އަހަރެވެ. އޭނާ ކައިވެނި ކޮށްގެން އުޅެނީ އެ ރަށު އަރީފް އަބޫބަރު އާއެވެ. ކައިވެންޏަކާއި ހަމަޔަށް އެ ގުޅުން ދިޔައީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 3 އަހަރު ފަހުންނެވެ. ނަޙުމާ ކިތަންމެ ބަލި ނަމަވެސް ނަޙުމާވެސް އެހެންމީހުންފަދައިން އޭނާގެ ދިރިއުޅުމަށް ލޯބި ލޯބި ދަރިއަކު ބޭނުންވެއެވެ.

ނަމަވެސް ދަރިއަކު ހޯދުމަށް ނަޙުމާ އަދި ވަނީ ނުކުޅެދިފައެވެ. ސަބަބަކީ އޭނާ ތަހައްމަލް ކުރަން ޖެހިފައިވާ ބައްޔެވެ. އެބަލިން އަރައިގަނެވުނުހާ އަވަހަކަށް ދަރިއަކު ލިބުމުގެ ފުރުސަތު ނަޙޫމާގެއަށް އޮތް ކަމަށް ނަހުމާ ބައްލަވާ ޑޮކްޓަރުންވަނީ ނަޙުމާ އަށް ލަފާ ދެއްވާފައެވެ.

ނަޙުމާ "ސީއެންއެމް"އަށް، އޭނާގެ ބަލީގެ ވާހަކަތައް ކިޔައިދެމުން ބުނީ އެގޮތަށް އަބަދު ބަލީގައި އުޅެމުން ޖެހުމުގެ ސަބަބުން ބައްޔަށް މީހާ ހޭނުނުކަމަށާއި، ނަމަވެސް އުމުރުން 12 އަހަރުގައި މާ ބޮޑަށް ބަނޑަށް ތަދުވާން ފެށުމުން ދެން އަނެއްކާވެސް އިންޑިޔާ އަށް ދިޔަ ކަމަށް ނަހުމާ ކިޔައިދިނެވެ. 

އެކޮޅުން ދެއްކި ޑޮކްޓަރު ވިދާޅުވި ކަމަށް ނަޙުމާބުނީ ކުޑަމަކުދިއުމާއި، ބޮޑުކަމު ދިއުމުގައި އިހުސާސް ނުވަނީ ނާރަކަށް ދިމާވެފައިވާ ކަމަކުން ކަމަށާއި، އެއީ މައިބަދައިގެ ކައިރީގައި ހުންނަ ނާރެއް މާ ބޮޑަށް ދިގުވުމުން ވާ ކަމެއްް ކަމަށެވެ. އެހެން ކަމުން އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދެއްވި ކަމަށްވެސް ނަޙުމާ ކިޔައިދިނެވެ.

އެގޮަތުން އޮޕަރޭޝަން ކުރި ކަމަށާއި، އޮޕަރޭޝަނުގެ ސަބަބުން ކުޑަކަމު ދިއުމާއި ބޮޑުކަމު ދިއުމުގެ އިހުސާސް ވާން ފެށިކަމަށެވެ. އެކަމުން އަރައިގަނެވުނުތާ ހަތަރު ވަނަޔަށްވީ އަހަރު އަނެއްކާވެސް އުމުރުން 16 އަހަރުގައި މާބޮޑަށް ބަޑަށް ތަދުވާން ފެށި ކަމަށާއި، އެދުވަސްވަރާއި، ދިމާވީ ގުރޭޑް 10 އެއްގެ އިމްތިހާނަށް ނަޙުމާ ތައްޔާރުވަމުން ދަނިކޮށް ކަމަށްވެސް ނަޙުމާ ކިޔައިދިނެވެ. ތަދު ބޮޑުވި ނަމަވެސް އެއީ ގުރޭޑް 10 އެއްގެ އިމްތިހާން ކަމުން ރަށު ސިއްހީމަރުކަޒަށް ދެއްކުމަށްފަހު މާލެ ނުގޮސް އެފަހަރު މަޑު ކުރީ އިމްތިހާން ނިމެންދެން ކަމަށްވެސް ނަޙުމާ ވަނީ ބުނެފައެވެ.

ނަމަވެސް އިމްތިހާން ނިމި މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކިޑްނީ އިނީ ވަރަށް ދަށް ލެވެލްގައި ކަމަށެވެ. އަދި އޭގެ ސަބަބުން މިހާރު ކިޑްނީ ދަނީ ފެއިލްވަމުން ކަމަށާއި، ކިޑްނީ 10 ޕަސެންޓްގައި ހުރި ކަމަށް ޑޮކްޓަރުން ވިދާޅުވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ނަޙުމާގެ ފިރިމީހާވެސް ވެސް ވަނީ ކިޔައިދީފައެވެ.

އަދި މިހާރު ނަޙުމާއަށްވަނީ ދެ އޮޕްރޭޝަނެއް ކުރަން ޖެހިފައި ކަމަށާއި، އެއީ ރާއްޖެއިން ކުރެވޭނެ އޮޕރޭޝަން ތަކެއްވެސްނޫން ކަމަށެވެ. އަދި މި އޮޕަރޭޝަން ތަކަކީ ނަޙުމާގެ ފުރާނަޔާއި ގުޅިފައިވާ ކަންތައްތަކެއް ކަމުން ކޮންމެ ގޮތެއް ހަދާފައިވެސް ނަޙުމާ އަށް ފަރުވާ ވަނީ ބޭނުންވެފައެވެ.

your imageނަހުމާގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް...

އެ ދެމެފިރިން ތިބީ މާލީގޮތުން ވަރަށް ދަށްކޮށެވެ. ސަަބަބަކީ ނަޙުމާ އަކީ އަބަދުވެސް ބަލިމީހެއް ކަމުގައިވާއިރު، ބޭސްފަރުވާ ކުރަން މަހެއްގެ ފަސް ފަރުވެސް މާލެ އަންނަން ޖެހޭތީއެވެ. އަތޮޅު ފެރީންނާއި، ރަށު ފެރީން 22، ރުފިޔާ އިން 50 ރުފިޔާ އަށް ދަތުރު ކުރާއިރު، ސްޕީޑް ލޯންޗްގައި، 200 ރުފިޔާ އަަށް ދަތުރު ކުރެއެވެ. އަދި މާލެ އައިސް ތިބެންޖެހެނީ ކޮޓަރި ކުށްޔަށް ނަގައިގެންނެވެ. ނަޙުމާ ބުނާ ގޮތުން ކޮޓަރިއަކަށް ދުވާލަކަށް 500 ރުފިޔާ ދީގެން ތިބެން ޖެހުމަކީ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމެކެވެ. 

މި ހަރަދުތައް އަބަދުމެ ކުރަން ޖެހުމުގެ ސަބަބުން، އަތްމަތި ދަތިވެފައިވާ ނަޙުމާ ރާއްޖެއިން ބޭރަށްގޮސް ފަރުވާ ކުރަން ވަނީ ދަތި ކަމަކަށް ވެފައެވެ. ނަމަވެސް ފަރުވާ ބޭނުންވާތީވެ އިންޑިޔާފަދަ ގައުމަކަށް ދިއުމުގައި ކުރަންޖެހޭ ކަންތައްތައް ހުންނާނެ ކަމަށާއި، ހުރުމާއި ތިބުމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށްވެސް ނަޙުމާ ވަނީ ކިޔައިދީފައެވެ. އެހެންކަމުން ނަހުމާ އެދެނީ ތި އެންމެގެ ދީލަތި އެހީ އެކެވެ. އެއީ ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމުގައި ހުރި ދަތިތައް ފަސޭހަ ކޮށްދިނުމަށެެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

ގުޅޭނެ ނަމްބަރު:  ފާތުމަތު ނަޙުމާ: 9951162

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި 7730000517419

އެކައުންޓް ނަމްބަރު:  ބީއެމްއެލް ޑޮލަރު 

7740000560464

6%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
78%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް