ދިވެހި ޓީމުން މިއަދު ޖަޕާނަށް ފުރިއިރު، ޖަޕާނުގައި 10 ދުވަހު ތަމްރީން ކުރުމަށް ފަހު، މި މަހުގެ 15 ވަނަ ދުވަހު ސީދާ ޖަޕާނުން ދާނީ ބެންގަލޫރަށެވެ. މުނާރާތް އޮންނާނީ ބެންގަލޫރުގައެވެ. ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) މިއަދު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ، ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަންގެ މައި ޓްރޭނިން ސެންޓަރުގައި ބާއްވާ ތަމްރީނުތަކާ އެކު ޓީމުގެ އަޒުމަކީ ދިވެހި ސަޕޯޓަރުން އުފާވާ ވަރުގެ ނަތީޖާއަކަށް މަސައްކަތް ކުރުން ކަމަށެވެ.
"ޖޭއެފްއޭގެ އެހީތެރިކަމާ އެކު ހުރިހާ ކަމެއް ހަމަޖެހިފައި ވަނީ. އަޅުގަނޑުމެން އެންމެ ޓްރެއިނިން މެޗެއް އެ ކޮޅުގައި ކުޅޭނީ. ދެން ދާނީ ޓްރެއިނިންގެ ކަންތައްތައް އެކޮޅުގައި. ދިވެހި ސަޕޯޓަރުން ހެއްވާލެވޭނެ ވަރުގެ މަސައްކަތެއް ކުރުން އަޒުމަކީ. ގައުމީ ޓީމު މި އޮތީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަހަތުގައި. ގައުމީ ޓީމު މިދަނީ ގައުމަށް ރީތި ނަން ހޯދައިދޭން."
ސާފް ޗެމްޕިއަންޝިޕްގެ 23 ކުޅުންތެރިން ފައިނަލްކުރީ ރޭ، މާލޭގައި ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކަށް ފަހު އެވެ. އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމު ހިމެނެނީ، ބަންގްލަދޭޝް އާއި ބޫޓާން އަދި ލެބަނަންއާ އެކު ގުރޫޕް ބީގަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާނާއެކު ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ލުބްނާނާ ބަންގްލަދޭޝްއެވެ.
އަނެއް ގްރޫޕުގައި ކުވައިތު، އިންޑީޔާ ނޭޕާލު އަދި ޕާކިސްތާނެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ގްރޫޕަކީ ސެމީ ފައިނަލުގެ ފުރުސަތު ހޯދަން ރާއްޖެއަށް ފަސޭހަ ގްރޫޕެކެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީއަށް ދާނެއެވެ.
ރާއްޖެއާ ބޫޓާން ކުޅޭ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ގަނޑުއެވެ. މުބާރާތް ފަށާނީ ޖޫން 21 ވަނަ ދުވަހު ހަވީރުއެވެ. ޖޫން 22 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅުމަށް ފަހު ރާއްޖޭގެ ދެވަނަ މެޗުގައި ކުޅޭނީ ޖޫން 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފަހު މެޗުގައި ޖޫން 28 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ލުބުނާނާއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޖުލައި ހަތަރުވަނަ ދުވަހުއެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑު
ސަމޫހު އަލީ
އަހުމަދު ނޫމާން
ހުސެއިން ސިފާއު
އިބްރާހިމް އައިސަމް
ހައިޝަމް ހަސަން
ހަސަން ރާއިފް
ހުސެއިން ނިހާން
ހަސަން ޝިފާޒް
ހަމްޒާ މުހައްމަދު
ހުސެއިން ޝަރީފް
ނާއިޒް ހަސަން
މުހައްމަދު އިރުފާން
އަލީ ފާސިރު
މުހައްމަދު ފައިސަލް
މުހައްމަދު ޝަފީއު
އިބްރާހިމް މަހުދީ ހުސެއިން
ނިޝާމް މުހައްމަދު ރަޝީދު
ހުމެއިދު ހުސެއިން
އަހުމަދު އައިހަމް
މުހައްމަދު ނިޒާމް
އަހުނަފް ރަޝީދު
އިބްރާހިމް އުސާމާ
އިބްރާހިމް ވަހީދު ހަސަން