ads
ބަންޑާރަ ނައިބު ރިއްފަތު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
ބަންޑާރަ ނައިބު މުޅި މަޖިލީހަށް "މަލާމާތްކުރެއްވި" ކަމަށް ބުނާ އިމްތިޔާޒުގެ މައްސަލައެއް
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މުޅި މަޖިލީހަށް "މަލާމާތް" ކުރެއްވިކަމަށް ތުހުމަތުކޮށް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހަންމު މިއަދު ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
Advertisement

މިގޮތުން އެ މައްސަލަ ހުށަހަޅުއްވަމުން ހުސެން މުހައްމަދު ވިދާޅުވެފައިވަނީ ބަންޑާރަ ނައިބު ފޮނުއްވާފައިވާ 31 ވަނަ ނުކުތާގައި ބަންޑާރަ ނައިބުގެ މަސައްކަތާ ގުޅިގެން މަޖިލީހުން އެ ފަރާތަށް ސުވާލުކޮށް ޖަވާބު ހޯދިދާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށް ދޭހަވާ މޭރުމުން އިބާރަތްކޮށްފައިވާކަމީ "މުޅި މަޖިލީހަށް ކޮށްފައިވާ މަލާމާތެއްކަމުގައި" ދެކިލައްވާކަމަށް ވެސް ވިދާޅުވެފައިވެއެވެ. 

"ދައުލަތުގެ ބަންޑާރަ ނައިބު އެހެން ދެކުމަކީ ވަރަށް ބޮޑެތި ކަންބޮޑުވުން ހުރިކަމެއް ކަމުގައި ވެސް ދެން. ބަންޑާރަ ނައިބަކީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނެ ފަރާތެއްކަމަށް ގާނޫނު އަސާސީގެ 130 ގެ ހާ ގައި ބަޔާންކޮށްފިވައިވާކަމަށް އެ މައްސަލައިގައި ބުނެފައިވޭ،" - ހުސެން މުހައްމަދު-

އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ޖަވާބު ބޭނުންވެގެން ކޮންމެ ކަމެއްގައި ތެދުބަހުން ޖަވާބު ނުދެއްވައި އެކަމަށް ޖަދަލުކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ވެސް މައްސަލަ ހުށަހެޅުއްވި މެންބަރު ވިދާޅުވިއެވެ.  

މެންބަރު އެދިލައްވާފައިވަނީ މި މައްސަލަ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމެޓީއަށް ފޮނުވުމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލައާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހުސްކުރަން ފެނިވަޑައިގަންނަވާތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓެއް ނެންގެވިއެވެ. ނަމަވެސް އެ މައްސަލަ ފާހެއް ނުވިއެވެ. އެހެންކަމުން އެ މައްސަލަވަނީ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ފޮނުވާފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް