ads
ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރުމަށް ސީއެމްޑީއޭ އާއި ޕީސީބީން އެމްއޯޔޫއެއްގައި ސޮއިކުރުން - ފޮޓޯ:ޕީސީބީ
ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރުމަށް ސީއެމްޑީއޭ އާއި ޕީސީބީން އެމްއޯޔޫއެއްގައި ސޮއިކޮށްފި
ކޯޕަރޭޓް ގަވަނަންސް ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
Advertisement

ސީއެމްޑީއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޯޑުގެ ރައީސް އާސިމް މުހައްމަދެވެ. ސީއެމްޑީއޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކެވެ. 

އެ ފަހުމުނާމާގައި ސޮއި ކުރުމަށްފަހު ދެ މުއައްސަސާއިންވެސް ބުނެފައިވަނީ ކޯޕަރޭޓް ގަވަނަންސް ހަރުދަނާކޮށް އޮތުމަކީ މުހިންމު ކަމެއް ކަމަށެެވެ. އެގޮތުން ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަކީ އެކަމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ވަނީ ފާހަގަކޮށްފައެވެ. ކޯޕަރޭޓް ގަވަނަންސް ހަރުދަނާވުމަކީ ވިޔަފާރިތަކާއި އިންވެސްޓަރުންނަށް މުހިންމުކަމެއް ކަމަށާއި ކުރިމަގުގައި އެ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމުގައި ވަނީ ހާމަކޮށްފައެވެ.

ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރުމަށް ސީއެމްޑީއޭ އާއި ޕީސީބީން ސޮއިކުރި ފަހުމުނާމާގެ ދަށުން މިހާރު ސީއެމްޑީއޭ އާއި ޕީސީބީން އެކުލަވާލައި އާންމުކޮށްފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑު ހަރުދަނާ ކުރުމަށް ދިރާސާ ކުރުމާއި ގެންނަން ހުށަހަޅާ އިސްލާހުތައް ހިމެނޭ ކަރުދާހެއް އެކުލަވާލައި ދެ މުއައްސަސާއިން ހިއްސާ ކުރުމަށް ވަނީ އެއްބަސްވެފައެވެ. އޭގެ އިތުރުން ކޯޕަރޭޓް ގަވަނަންސް ކޯޑު ހާމަނައިޒްކުރުމާ ގުޅޭގޮތުން ދިރާސާކޮށް، އެކަން ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކަރުދާހެއް އެކުލަވާލައި ދެ މުއައްސަސާގެ ދެމެދުގައި ހިއްސާ ކުރުމަށް އެއްބަސްވެފައިވެއެވެ. އަދި ދެ ފަރާތުން އެއް ކޯޕަރޭޓް ގަވަނަންސް ކޯޑެއް އެކަށައެޅިދާނެތޯ ބަލައި އެކަމަށް މަސައްކަތް ކުރުމަށް ވެސް ސީއެމްޑީއޭ އާއި ޕީސީބީން ވަނީ އެއްބަސްވެފައެވެ.

ސީއެމްޑީއޭ އާއި ޕީސީބީން ސޮއިކުރި ފަހުމުނާމާ އާ ގުޅިގެން ދެ ފަރާތުން އެއްބަސްވެފައިވަނީ ކޮންމެ މުއައްސަސާއަކުން ތިން މެންބަރުން ހިމެނޭހެން ކޯޕަރޭޓް ގަވަނަންސް އިންޓަ އޯގަނައިޒޭޝަނަލް ކޮމިޓީއެއް އުފެއްދުމާ އެކު، އެ ކޮމެޓީން އެއްބަސްވެވޭ ކަންކަން ފުރިހަމަ ކުރަން މަސައްކަތްތައް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް