ޖާބިރުގެ ގަރާރުގައި ވަނީ ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމެއް ގޮތަށް ހަމަޖެއްސުމަށް ގޮވާލާފައެވެ.
ނަމަވެސް ގަރާރަށް ވޯޓަށް އެހުމުން އެ ގަރާރު ބަަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 15 މެމްބަރުންނެވެ. ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 28 މެމްބަރުން ވޯޓް ދެއްވިއެވެ.
ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމެއްކަމަށް ކަނޑައެޅުން މުހިންމު ކަމަށެވެ.