72 މިލިއަން ރުފިޔާއަށް އިންނަމާދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް
މުހައްމަދު އަތީފް
08 ޖޫން 2023 - 13:45:08
ރ. އިންނަމާދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަ ޝާހިދު ހުސެއިން މޫސާއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
އިންނަމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- ބަނދަރު ފުންކުރުން - 14،417 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.0- މީޓަރު ހަމަވާ ވަރަށް)
- އަލަށް އިތުރުކުރެވޭ ބަނދަރުގެ ބޭސިން ފުންކުރުން - 32،310 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަރަށް)
- ޗެނަލް ފުންކުރުން - 950 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 4.0- މީޓަރު ހަމަވާ ވަރަށް)
- 204 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުން
- 400 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
- 18 މީޓަރު ބޮޑުހިލައިގެ ގްރޮއިން ޖެހުން
- 478 މީޓަރު އެއްގަމު ތޮށި ޖެހުން
- 478 މީޓަރު ސްކޯރިންގް އެޕްރޮން ޖެހުން
- 2 ނެވިގޭޝަން އެއިޑް ގާއިމުކުރުން
- 52 މޫރިންގް ރިންގް ހަރުކުރުން
- 16 މޫރިންގް ބޮއި ހަރުކުުރުން
- 11x11 މީޓަރުގެ ރޭމްޕެއް ހެދުން
- 15x6 މީޓަރު ކޮންކްރީޓް ޖެޓީއެއް ހެދުން
- 20 މަގު ބައްތި ހަރުކުރުން
- 2،716 އަކަމީޓަރު ޕޭވްމަންޓް ހެދުން
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 72.5 މިލިއަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް