ads
ސޮޓާރޯ
އެސްއެމް އެންޓަޓެއިންމަންޓުން އަމަލުކުރާގޮތުން ޝޮޓާރޯގެ ސަޕޯޓަރުން ކަންބޮޑުވެއްޖެ
އެސްއެމް އެންޓަޓެއިންމަންޓުން އަމަލުކުރަމުން އަންނަގޮތުން ކޮރެއާގެ ޕޮޕް ލަވަކިއުންތެރިއާ ސޮޓާރޯގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެސްއެމް އެންޓަޓެއިންމަންޓުން މެއި މަހު އިއުލާން ކުރި ގޮތުގައި ޝޮޓާރޯ އާއި ސުންގްޗާން ދެން ފޯކަސް ކުރާނީ އެންސީޓީގެ އާ ޖަޕާނުގެ ސަބް ޔުނިޓެއް ކަމަށްވާ އެންސީޓީ ޓޯކިޔޯއަށެވެ.

މިކަމުގެ ސަބަބުން ގިނަ ސަޕޯޓަރުން ކަންބޮޑުވި އިރު، ޝޮޓާރޯ އާއި ސުންގްޗާން އަކީ އަދިވެސް އެންސީޓީގެ މެންބަރުން ކަމަށާއި އެ ގްރޫޕާއެކު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ސަޕޯޓަރުން ބުނެއެވެ.

ޖޫން މަހު ޝޮޓާރޯގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ތެރެއިން އިންސްޓަގްރާމް، ޓިކްޓޮކް، އަދި ބަބަލް ހިމެނޭ ގޮތަށް ވަނީ އެސްއެމް އެންޓަޓައިންމަންޓުން ޑީއެކްޓިވޭޓްކޮށްފައެވެ.

ހާއްސަކޮށް މެއި މަހު ކުރިން ވެސް ހައިރާން ކުރުވަނިވި އިއުލާނަށް ފަހު އެސްއެމް އެންޓަޓެއިންމަންޓުން ޝޮޓާރޯގެ އެކައުންޓްތައް ނޯޓިސް ނުދީ ޑިއެކްޓިވޭޓް ކުރާނެތީ ފޭނުން ތިބީ މާޔޫސްވެފަ އެވެ.

ބައެއް ސަޕޯޓަރުން ޝޮޓާރޯ އެންސީޓީ ދޫކޮށްލާފާނެ ކަމަށް ލަފާކުރާއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ވަގުތީ ފިޔަވަޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް