ads
އަޔަން ޝޭހު
ރެސްލިން ލެޖެންޑު އަޔަން ޝެއިހް މަރުވެއްޖެ
ޑަބްލިޔުޑަބްލިޔުއީ ގެ ރެސްލިން ލެޖެންޑް "ދަ އަޔަން ޝެއިހް" އުމުރުން 81 އަހަރުގައި މަރުވެއްޖެއެވެ.

އަޔަން ޝެއިހް ގެ އަސްލު ނަމަކީ ޚޮސްރޯ ވަޒީރީއެވެ. އޭނާ އުފަންވީ 1942 ވަނަ އަހަރު އީރާނަށެވެ.

އޭނާ ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު ރެސްލިން ކެރިއަރު ފެށި އިރު، ވަރަށް އަވަހަށް މަޝްހޫރުކަން ހޯދައި، ދުނިޔޭގެ އެންމެ މަގުބޫލު އެއް ރެސްލިން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދިއެވެ.

އޭނާ އަކީ ދެ ފަހަރެއްގެ މަތިން ޑަބްލިޔުޑަބްލިޔުއީ ޗެމްޕިއަން އަދި އެއްފަހަރު އިންޓަކޮންޓިނެންޓަލް ޗެމްޕިއަންކަން ހޯދާފައިވާ މީހެކެވެ. 1990 ގެ އަހަރުތަކުގެ ކުރީކޮޅު އަޔަން ޝެއިހް ރެސްލިން ރިޓަޔާ ކުރި ނަމަވެސް އޭނާ މިހާރު ދެމިހުރީ ރެސްލިން ދުނިޔޭގައި މަގުބޫލު ފަރާތެއްގެ ގޮތުގައެވެ.

އޭނާ ވަނީ 2005 ވަނަ އަހަރު ޑަބްލިޔުޑަބްލިޔުއީ ހޯލް އޮފް ފޭމް އަށް ވެސް ވަދެފަ އެވެ.

ޝައިހް މަރުވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.

މަރުވި އިރު އޭނާގެ އަންހެނުން ކެތީ އާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް