ދިއްފުށީ ކައުންސިލް އިދާރާގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ދިއްފުށީ ކައުންސިލް އިދާރާއިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ލިބެންޖެހޭ 4.4 މިލިއަން ރުފިޔާ ނުލިބި ހުރިކަމަށެވެ.
އަދި ދިއްފުށީ ކައުންސިލަށް މިގޮތުން ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކައުންސިލުން އަމަލުކޮށްފައި ނުވާކަމަށާއި އެކަމުގައި އިހުމާލުވެފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ ނުލިބިހުރި 4.4 މިލިއަން ރުފިޔާގެ ތެރެއިން 3.8 މިލިއަން ރުފިޔާއަކީ މީގެ ދެ އަހަރުކުރިން ލިބެންޖެހޭ ފައިސާ ކަމަށެވެ.