ads
ޓައިގާ ޝާކު
ރަތް ކަނޑުގައި މިރަޔެއް ރަަޝިޔާ ފަތުރުވެރިއެއް ކާލައިފި
މިސްރުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ރަޝިޔާ ފަތުރުވެރިއެއް މަރާލައި މިޔަރެއް އޭނާ ކާލައިފިއެވެ.
Advertisement

މި ހާދިސާ ހިނގީ މިސްރުގެ ރަތް ކަނޑުގެ ރިސޯޓުތަކުގެ ތެރެއިން އެއް ރިސޯޓެއްގައި އޭނާގެ ބައްޕަ ކުރިމަތީގައެވެ.

އުމުރުން 23 އަހަރުގެ ރަޝިޔާގެ ފަތުރުވެރިއާ ޒަހަމްކޮށްލައި އޭނާ ކާލިއިރު، އޭނާއާއެކު އޭނާގެ ލޯބިވެރިއާ ވެސް މޫދުގައި އެވަގުތު އޮތެވެ. 

މިހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު މިސްރުގެ ސަހުލް ހަޝީޝް ރިސޯޓުގައެވެ. އޭނާއަށް ހަމަލާދީފައިވަނީ ޓައިގާ ޝާރކެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

މަންޒަރު ދުށް މީހުން ބުނީ އެމީހާއަށް އެތައް ފަހަރަކު ދަތްއެޅި ފެންގަނޑު ދަށަށް ދަމާފައިވާ ކަމަށެވެ. އޭނާގެ ލޯބިވެރިޔާއަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެވުނެވެ.

އެމީހާގެ ހަށިގަނޑު ފަހުން ވަނީ ކަނޑުން ނަގާފައެވެ.

މި ހަމަލާއަކީ 2010 ވަނަ އަހަރަށްފަހު މިސްރުގައި މިޔަރު ދިން ފުރަތަމަ ހަމަލާއެވެ.

މި ހަމަލާއަށް ފަހު މިސްރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގެ ހުރިހާ ގޮނޑުދޮށްތަކެއް ބަންދުކޮށް، ރަތް ކަނޑުގައި ފެތަން މަނާކޮށްފަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މިހަމަލާ ތަހުގީގު ކުރުމަށް ތަޖުރިބާކާރުންގެ ޓީމެއް އެ ސަރަހައްދަށް ފޮނުވާނެ ކަމަށް ވެސް އިއުލާންކޮށްފަ އެވެ.

މި ހަމަލާގެ ސަބަބުން ރަތް ކަނޑުގައި ފަތާ އުޅުމުގެ ސަލާމަތާ މެދު ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.

ރަތް ކަނޑުގައި ތަފާތު މިޔަރު ދިރިއުޅެމުންދާއިރު، އޭގެ ތެރޭގައި ޓައިގާ މިޔަރަކީ އުދުވާނީ މިޔަރެއް ކަމަށް އެނގިފައިވެއެވެ.

ނަމަވެސް ރަތް ކަނޑުގައި މިޔަރުގެ ހަމަލާތައް ނިސްބަތުން މަދުން ދިމާވެއެވެ.

ވޭތުވެދިޔަ 50 އަހަރު ތެރޭގައި ރަތް ކަނޑުގައި މިޔަރުގެ މަރުގެ ހަމަލާތައް ދީފައިވަނީ އެންމެ 12 ފަހަރެވެ.

ބުރާސްފަތި ދުވަހުގެ ހާދިސާގެ ކުރިން އެންމެ ފަހުން ދިން މަރުގެ ހަމަލާއެއް ދީފައިވަނީ 2010 ވަނަ އަހަރު ޝަރުމް އެލް ޝެއިކްގެ އައްސޭރީގައި ސްނޯކްލިން ކުރަމުން ދަނިކޮށް ޖަރުމަނުގެ ފަތުރުވެރިއަކަށެވެ. 

11%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް