އައިޖީއެމްއެޗުން އަންނަނީ 29 ރެޖިސްޓަރޑް ނަރުހުން ހޯދަމުންނެވެ. އަސާސީ މުސާރައަށް މަހަކު 11،428 ރުފިޔާ، އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 5333 ރުފިޔާގެ އަދި މަސައްކަތަށް ނުކުންނަ ދުވަހަކަށް މަހަކު 144 ރުފިޔާ ލިބޭނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ނަރުހުން ހޯދަން އައިޖީއެމްއެޗް އިން ކޮށްފައިވާ އިއުލާނުގެ މުއްދަތު ހަމަވަނީ މި މަހު 15 ވަނަ ދުވަހުއެވެ. އަދި މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 19 ޖޫން 2023މް 15 ޖުލައި 2023 އާދި ދެމެދު ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.
ސަރުކާރުން ވަނީ އޭޕްރީލް މަހު ސިއްހީ ދާއިރާގެ މުސާރަ ބޮޑުކޮށްދީފައެވެ. އެ ބަދަލާއެކު ރެޖިސްޓާޑް ނަރުހަކަށް މިހާރު މަދުވެގެން އިތުރު ގަޑިއާ ނުލައި 20،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެއެވެ.