ads
ބީއެމްއެލް އިސްލާމިކް ފައިނޭންސިންއަށް ހުށަހަޅައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ވަނީ ފަށާފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލް އިސްލާމިކް ފައިނޭންސިންއަށް ހުށަހަޅައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ކޮންމެ ޕްރޮޑަކްޓަކަށް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 3،000 ރުފިޔާ ލިބޭނެ ކަމަށެވެ. ގުރުއަތުން ހޮވޭ ގްރޭންޑް ވިނާއަށް 50،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނެފައިވަނީ މިއަދު ހެނދުނު 09:00 ފެށިގެން މެންދުރު 2:00 އަށް ކަސްޓަމަރުންނަށް އޯޕަންޑޭގައި ބައިވެރިވެ، އެ ކުންފުނީގެ އިސްލާމިކް ބްރާންޗަށް ގޮސްގެން ބީއެމްއެލް އިސްލާމިކް ފައިނޭންސިން ޕްރޮޑަކްޓްގެ މައުލޫމާތު ސާފުކޮށް ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށެވެ. 

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބީއެމްއެލުން ބުނެއެވެ. 

އިތުރު މައުލޫމާތު:

https://www.bankofmaldives.com.mv//bml-islamic-promotion

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް