އެކަނިވެރިކަން އިހުސާސް ކުރެވުނު ކަމުގައި ވިޔަސް، ނުވަތަ ހަމައެކަނި ޝައުގުވެރިކަން ހުރި ކަމުގައި ވިޔަސް، އެމީހުންގެ ހާލު ބަލާލުމުގެ ވަސްވާސް ބައެއްފަހަރު ސިކުންޑިއަށް ވަދެދާނެއެވެ.
އެހެންނަމަ ވެސް މެސެޖެއް ލިޔެ "ސެންޑަށް ޖެހުމުގެ" ކުރިން ތިރީގައިވާ ކަންކަމަށް ވިސްނުން މުހިންމެވެ.
ތިބާގެ ނިޔަތަކީ ކޮބައި ހެއްޔެވެ؟ އަލުން ގުޅިގެން އުޅެވޭނެ ކަމަށް އުންމީދު ކުރަނީ ހެއްޔެވެ، ނުވަތަ ހަމައެކަނި ބައްދަލުކޮށްލަން ހޯދަނީ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ޔަގީން ނުވާނަމަ އެންމެ ރަނގަޅީ ސަމާލުވުމުގެ ފަރާތުން ގޯސްކޮށް، ކުރީގެ ލޯބިވެރިޔާއަށް މެސެޖު ނުކުރުމެވެ.
ވަކިވިތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟ ކުޑަ ދުވަސްކޮޅެއް ވެއްޖެ ނަމަ އެކްސް އަށް މެސެޖު ކުރަން މާ އަވަސް ކަމަށް ބެލެވެއެވެ. ތިމާގެ ޖަޒުބާތުތައް ރަނގަޅުކޮށް ޕްރޮސެސް ކުރުމަށް ވަގުތުކޮޅެއް ދޭށެވެ.
ކުރީގެ ލޯބިވެރިޔާގެ ގުޅުމުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ ކުރީގެ ލޯބިވެރިޔާ އާ ގުޅުމެއްގައި އުޅޭނަމަ އެމީހުންނަށް މެސެޖު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ އެމީހުންގެ އާ ބައިވެރިޔާއަށް އިހުތިރާމް ކުޑަ ކަމަށާއި ޑްރާމާ އުފެދިދާނެ ކަމެއް ކަމަށްވެދާނެއެވެ.
މަތީގައިވާ ހުރިހާ ކަމެއް ވިސްނާފައި އަދިވެސް ކުރީގެ ލޯބިވެރިޔާއަށް މެސެޖު ކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ހީވާނަމަ، މިއީ މެސެޖުކުުރާއިރު ބޭނުންކުރެވިދާނެ ބައެއް އިރުޝާދުތައް ތިރީގައި މިވަނީއެވެ.
މެސެޖު ކުރުކޮށް ފޮނިކޮށް ބެހެއްޓުން މުހިންމެވެ. ބޮޑު ޕެރެގްރާފެއް ލިޔުމުގެ ބޭނުމެއް ނެތެވެ. ހަމައެކަނި ސަލާމް ގޮވާލައި ހާލު އަހާލާށެވެ.
ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ނުކުރާށެވެ. ހަމައެކަނި ކުރީގެ ލޯބިވެރިޔާއަށް މެސެޖު ކުރުމުން އޭގެ މާނައަކީ އެމީހުންގެ މައްޗަށް ޖަވާބުދާރީވުން ލާޒިމު ކަމަކަށް ނުވާނެއެވެ.
ޖަވާބެއް ނުދީފިނަމަ އެމީހުންނަށް މެސެޖު ކުރަމުން ނުދާށެވެ.
ކުރީގެ ލޯބިވެރިޔާއަށް މެސެޖު ކުރުމާއި ނުކުރަން ނިންމުމަކީ ތިމާގެ އަމިއްލަ އިހުތިޔާރިވާ ކަމެކެވެ. އެހެންނަމަވެސް ސެންޑް ޖެހުމުގެ ކުރިން އޭގެ ފައިދާއާއި ގެއްލުން ރަނގަޅަށް ވިސްނާލުން މުހިންމެވެ.