ads
ޝާހުރުކް ހާން އަދި އޭނާގެ ސަޕޯޓަރުން ރެކޯޑު ގާއިމް ކުރަނީ
ޝާހުރުކް ހާންގެ ސަޕޯޓަރުން ވޯލްޑް ރެކޯޑެއް ގާއިމްކޮށްފި
ޝާހްރުކް ހާންގެ ސިގްނެޗާ ޕޯޒް އެއްފަހަރާ އެންމެ ގިނަ މީހުން ހަދައިގެން ގިނިސް ވޯލްޑް ރެކޯޑެއް ޝާހްރުކް ހާންގެ ސަޕޯޓަރުން ގާއިމްކޮށް ގިނިސް ވޯލްޑް ރެކޯޑު ފޮތައް އަރައިފިއެވެ.
Advertisement

އިންޑިއާގެ މުމްބާއީގައި ހުންނަ އޭނާގެ ގެ ބަންގުލޯ މަންނާޓްގެ ބޭރުގައި ހޮނިހިރު ދުވަހު ގާތްގަނޑަކަށް 300 ސަޕޯޓަރުން އެއްވެ، ޝާހުރުކް ހާން މަޝްހޫރު ޕޯޒްގައި ވޯލްޑްރެކޯޑު ހެދީ އަތް ދިއްކޮށްގެން ތިއްބެވެ.

މި ރެކޯޑަކީ ޝާހުރުކް ހާންގެ އެންމެ ފަހުގެ ފިލްމު ޕަތާން މުޅި ދުނިޔޭގައި އެޅުވުމުން ފާހަގަކުރުމުގެ ގޮތުން އޭނާގެ ސަޕޯޓަރުން އުފާފާޅުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޝާހުރުކް ހާން ވެސް ވަނީ އޭނާގެ ބަންގުލޯގެ ބެލްކަންޏަށް ނުކުމެ ސަޕޯޓަރުންނާއެކު އުފާފާޅުކުރުމުގައި ބައިވެރިވެފައެވެ. 

އޭނާގެ ސަޕޯޓަރުން ދުނިޔޭގެ ރެކޯޑެއް ހެދުމަކީ  ޝާހުރުކް ހާން އިންތިހާއަށް މަގުބޫލުކަމާއި އޭނާގެ ފޭނުން އޭނާއަށް ކުރާ އިހުތިރާމްގެ ރަމްޒެކެވެ. 

މި ހަރަކާތަކީ ޚާންގެ ފޭން ކްލަބް، ޝާހްރުކް ޚާން ޔުނިވާސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ރެކޯޑަށް ކޮލިފައިވުމަށް ސަޕޯޓަރުން ޖެހުނީ މަދުވެގެން 30 ސިކުންތު ވަންދެން އަތް ދިއްކޮށްލައިގެން ތިބޭށެވެ. 

މި ހަރަކާތް ބެލެހެއްޓެވީ ގިނިސް ވޯލްޑް ރެކޯޑްސްގެ މަންދޫބެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް